Advertisement

ނޭމާ، އަހަރެއް ފަހުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވަނީ

about 19 hours 0


ނޭމާ، އަހަރެއް ފަހުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވަނީ

about 19 hours 0

ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 17) - ވާތު ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ބްރެޒިލްގެ ތަރި، ނޭމާ ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ.

ނޭމާ، އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 17 ވަނަ ދުވަހު ބްރެޒިލް އަށެެވެ. އެއީ، ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އެ މެޗުގައި، އޭނާގެ ވާތު ކަކުލުގެ ލިގަމެންޓާއި މެނިސްކަސް އަށް ލިބުނު އަނިޔާއަކާ ހެދި ބޭލީ އަށިގަނޑުގަ އެވެ.

އީއެސްޕީއެން ބްރެޒިލް އިން ރިޕޯޓްކުރާ ގޮތުގައި، މި މަހު، 21 ވަނަ ދުވަހު، އޭއެފްސީ ޗެމްޕިއަންސް ލީގުގައި، ނޭމާ ކުޅެމުން އަންނަ، ސައުދީގެ އަލް ހިލާލް އާއި ޔޫއޭއީގެ އަލް އައިން ބައްދަލުކުރާ މެޗުގައި ނޭމާ ފެނުމުގެ ފުރުސަތު ބޮޑެވެ.

މިދިޔަ އަހަރު ނޭމާ، އަލް ހިލާލް އަށް ސޮއިކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ، 400 މިލިއަން ޑޮލަރެވެ. ދެ އަހަރު ތެރޭ، ނޭމާ އަށް މި އަދަދު ލިބޭ މި ކޮންޓްރެކްޓް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރާއިރު ދޭ ބޯނަހާއި މުސާރައިގެ އިތުރުން އިސްތިހާރުގެ ޑީލްތައް ހިމެނެ އެވެ. ނޭމާ، އަލް ހިލާލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ނިލަޔަށް ހަމަވާނެ އެވެ.