Advertisement

ހުޅުމާލެ ހުރަވީ ސްކޫލުގެ ދަރިވަރަކު ނިޔާވެއްޖެ

މާލޭ މަގުމަތީ އެމްބިއުލާންސެއް: ހުޅުމާލެ ހުރަވީ ސްކޫލުގައި 13 އަހަރުގެ ކުއްޖަކު ވަނީ މިއަދު ނިޔާވެފަ --- ފޮޓޯ: އަދަދު


ހުޅުމާލެ ހުރަވީ ސްކޫލުގެ ދަރިވަރަކު ނިޔާވެއްޖެ

ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރަކު ނިޔާވެއްޖެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު ނިޔާވީ ހުރަވީ ސްކޫލުގައި ކިޔަވަމުންދިޔަ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ސިއްހީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ދިމާވީ ކޮންކަހަލަ ސިއްހީ ހާލަތެއް ކަމެއް ފުލުހުން ނުބުނެ އެވެ. ހުޅުމާލެ ހޮސްޕިޓަލުންވެސް މިކަމާ ގުޅިގެން ބަހެއް ނުބުނެ އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް އެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.