Advertisement

ކޮންޓްރެކްޓް ހަމަވުމުން ގައުމީ ކްރިކެޓް ކޯޗު ޓީމާ ވަކިވެއްޖެ

about 23 hours 0


ކޮންޓްރެކްޓް ހަމަވުމުން ގައުމީ ކްރިކެޓް ކޯޗު ޓީމާ ވަކިވެއްޖެ

about 23 hours 0

ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް ހުރި ސްރީލަންކާގެ ޕަސިންދު ލިޔަނާރަޗީގެ ކޮންޓްރެކްޓް ހަމަވުމުން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އޭނާ ދޫކޮށްލައިފި އެވެ.

މިދިޔަ އަހަރު ގައުމީ ކްރިކެޓް ޓީމަށް ގެނައި ޕަސިންދުގެ ކޮންޓްރެކްޓް ހަމަވުމުން، އޭނާގެ އެއްބަސްވުން އާ ނުކުރަން ކްރިކެޓް ބޯޑުން ނިންމީ އެވެ.

ކްރިކެޓް ބޯޑުން ބުނީ، އެ އެސޯސިއޭޝަން ހިންގުމާ މި މަހު 26 ވަނަ ދުވަހު އާ އެގްޒެކްޓިވް ބޯޑަކުން ހަވާލުވާއިރު، މި މުއްދަތުގައި، ކޮންޓްރެކްޓް އާ ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެއީ، ގައުމީ ކޯޗެއްގެ ކޮންޓްރެކްޓް އާ ކޮށްފައި އަނެއްކާ އެ ބަދަލުކުރަން ޖެހިއްޖެނަމަ އެ ކުރަން ޖެހެނީ ފަސޭހަކަމެއް ނޫން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ގައުމީ ޓީމުގެ ކޯޗެއް ކަނޑައެޅުމުގެ ކަންކަން އާ އެކްސްކޯ އިން ޕްލޭނާ އެއްގޮތަށް ކުރާނެ ކަމަށް ވެސް ކްރިކެޓް ބޯޑުން ވަނީ ބުނެފަ އެވެ.

މިދިޔަ މަހު 20 ވަނަ ދުވަހު ބޭއްވި ކްރިކެޓް ބޯޑުގެ އިންތިހާބުގައި، ދެ ވަނަ ދައުރަކަށް އިންތިހާބުވީ، ކުރިން ވެސް ހުރި ރައީސް، މުހައްމަދު ފައިސަލް އެވެ.

ޕަސިންދު އެންމެ ފަހުން ގައުމީ ޓީމަށް ކޯޗުކޮށްދިނީ، ޓީ20 ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ކޮލިފަޔާ އޭ ގަ އެެވެ. ކޮލިފައިން ފަހު ދެ މެޗުގައި، ރާއްޖޭން ވަނީ މިޔަންމާ އާއި މޮންގޯލިއާ ބަލިކޮށްފަ އެވެ.

ޕަސިންދު އަކީ އޭނާގެ ކޯޗިން ކެރިއަރުގައި ސްކޫލް ކްރިކެޓް އަދި ކޮލެޖް ކްރިކެޓުގައި ސްރީ ލަންކާގައި ފާހަގަކޮށްލެވޭ ކޯޗެކެވެ. އޭނާ ވަނީ 12 ވަރަކަށް އަހަރު ސްރީ ލަންކާގެ ފާހަގަކޮށްލެވޭ ސްކޫލްތަކާއި ކޮލެޖުތަކުގައި ކޯޗުކަންކޮށްފަ އެވެ. އެ ގޮތުން އޭނާ ކޯޗުކަންކޮށްދިން ބައެއް ކުޅުންތެރިން ސްރީ ލަންކާގެ އެކި އުމުރުފުރާތަކުގައި ގައުމީ ޓީމްތަކަށްވެސް ވަނީ ކުޅެފަ އެވެ.

ގައުމީ ކްރިކެޓް ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ، މި މަހު ބޫޓާނުގައި ކުރިއަށްދާ، ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި ވާދަކުރުމަށެވެ.

މި ވަގުތު ބޫޓާނުގައި ގައުމީ ކްރިކެޓް ޓީމު ތިބިއިރު، މި ވާދަކުރާ މުބާރާތަކީ، ބޫޓާނުގައި ގާއިމްކުރި ފުރަތަަމަ ކްރިކެޓް ސްޓޭޑިއަމް ހުޅުވަން ކުޅޭ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމަށް ކޯޗުކޮށްދޭނީ، އިސްމާއިލް ނިހާދު އާއި އަހުމަދު ނީޝަމް ނާސިރު އެވެ.