Advertisement

ޑްރަގް ނެޓްވޯކެއް ހިންގި ހަތަރު މީހަކު އުމުރަށް ޖަލަށް އަދި 1.5 މިލިއަން ރުފިޔާ ދައުލަތަށް

about 24 hours 1

މޫސާ ނާޝިއު

މޫސާ ނާޝިއު

މި މައްސަލާގައި އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރި ހަތަރު މީހުން: މި އެންމެންގެ މައްޗަށް ވެސް ޑްރަގު ޓްރެފިކިންގެ ކުށް ސާބިތުވި -- ފޮޓޯ: ކްރިމިނަލް ކޯޓު ވީޑިއޯ


ޑްރަގް ނެޓްވޯކެއް ހިންގި ހަތަރު މީހަކު އުމުރަށް ޖަލަށް އަދި 1.5 މިލިއަން ރުފިޔާ ދައުލަތަށް

about 24 hours 1

މާލޭގައި ފުޅާ ދާއިރާއެއްގައި ޑްރަގުގެ ވިޔަފާރިކުރި ހަތަރު މީހަކު އުމުރަށް ޖަލަށްލުމަށާއި އެ ވިޔަފާރި ކޮށްގެން އެ މީހުން ހޯދި 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނެގުމަށް އިއްޔެ ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި އުމުރަށް ޖަލަށް ލާން ހުކުމްކުރީ ގދ.ތިނަދޫ، ރަންގަލް، ހަސަން ލޫތު އާއި މާލެ، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދު އާއި ތ.ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފްގެ އިތުރުން މާލެ، މއ.ހަސްލަތު، ޝާނިޔާ އިބްރާހިމް އެވެ.

ދައުލަތުން މި މީހުންގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މި ހަތަރު މީހުން ހައްޔަރުކުރީ އެކި ތަންތަނުންނެވެ. ހަސަން ލޫތު ހައްޔަރުކުރީ ގ.ނީ ގައި ހުއްޓަ އެވެ. އެތަން ބަލާ ފާސްކުރުމަށް ފަހު ފުލުހުން ވަނީ އެތަނުން 33.196 ގްރާމް ޑައިމޯފިންގް އަތުލައިފަ އެވެ. އަދި އޭނާ ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރުމަށް ފަހު 1.4 މިލިއަނަށް ވުރެ ގިނަ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ހަސަން ރަޝީދު ހައްޔަރުކުރީ މއ. ހަނީސަކްލް ގައި ހުއްޓައި ބަލާ ފާސްކުރުމަށްފަހު އެވެ. އަދި އޭނާގެ ވާތްފަރާތުގެ ފަހަތު ޖީބުގެ ތެރެއިން ފުލުހުންނަށް ވަނީ 14.6735 ގްރާމް ޑައިމޯފިންގް ފެނިފަ އެވެ.

މ.ރޭއަލިވާގޭގައި ހިންގާ "ރޭއަލި" ގެސްޓްހައުސް އިން އިސްމާއިލް ޝަރީފާއި ޝާނިޔާ އިބްރާހިމް ހައްޔަރުކުރީ އެމީހުން ތިބި 402 ނަންބަރު ކޮޓަރި ބަލާ ފާސްކޮށްފަ އެވެ. މިތަނުން 6.5882 ގްރާމް ޑައިމޯފިން އާއި 76،675 ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މި މީހުން އަތުން ފެނުނު ފައިސާއަކީީ ކޮން ގޮތަކުން ހޯދި ފައިސާއެއް ކަމެއް އެ މީހުން ބުނެދީފައި ނުވާ ކަަމަށް ކޯޓުގެ ހުކުމުގައި ވެ އެވެ.

މި ހަތަރު މީހުން އުމުރަށް ޖަލަށް ލުމާ އެކީ އެކި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެގޮތުން ހަސަން ލޫތު ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރިއިރު ހަސަން ރަޝީދު ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އިސްމާއިލް ޝަރީފާއި ޝާނިޔާ އިބްރާހިމް ވަނީ ކޮންމެ މީހަކު ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

އެ މައްސަލައިގެ ހުކުމުގައި ވަނީ ހަސަން ލޫތު ދިރިއުޅޭ ކޮޓަރިން ފެނުނު 1،466،000 (އެއް މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހަ ހާސް) އާ "ރޭއަލި" ގެސްޓްހައުސް އިން ފެނުނު 76،675 (ހަތްދިހަ ހަ ހާސް ހަ ސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ އަކީ ހަސަން ލޫތާއި އިބްރާހިމް ޝަރީފް ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ކަނޑައަޅާ، އެ ފައިސާ ދައުލަތަށް ނެގުމަށް އަމުުރުކޮށްފަ އެވެ.