Advertisement

ފައިރޫޝް ހޯމްލޭންޑަށް، ޞަފޫރާ ޑިފެންސް މިނިސްޓްރީ އަށް

17 އޮކްޓޯބަރު 2024 - 06:43 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ސްޓޭޓް މިނިސްޓަރު ފައިރޫޝް އަދި ސްޓޭޓު މިނިސްޓަރު ޞަފޫރާ


ފައިރޫޝް ހޯމްލޭންޑަށް، ޞަފޫރާ ޑިފެންސް މިނިސްޓްރީ އަށް

17 އޮކްޓޯބަރު 2024 - 06:43 1

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އަށް، އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި އާއިޝަތު ޞަފޫރާ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން "އަދަދު ނޫހަށް ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން ފައިރޫޝް އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ހޯމްލޭންޑުގެ ސްޓޭޓު މިނިސްޓަރަކަށް ބަދަލުކޮށްފައިވާކަން ފައިރޫޝް ވެސް ކަށަވަރުކޮށް ދެއްވި އެވެ.

ފުލުހުންގެ ހިދުމަތުގައި ފައިރޫޝް 20 އަހަރު އުޅުއްވުމަށް ފަހު ރިޓަޔާ ކުރެއްވީ ޖެނުއަރީ، 2021، ގަ އެވެ.

ކުރިން ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް އުޅުއްވި ޞަފޫރާ މި ވެރިކަމުގައި ފުރަތަމަ އައްޔަން ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށެވެ. ނަމަވެސް މިހާރު އޭނާ ޑިފެންސް މިނިސްޓްރީއަށް ބަދަލުކޮށްފައިވާކަން ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ޞަފޫރާއާއެކު ޑިފެންސް މިނިސްޓްރީގައި ޖުމުލަ ދެ ސްޓޭޓު މިނިސްޓަރުން ތިއްބަވާއިރު، ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގައި ފައިރޫޝާއެކު ހަތަރު ސްޓޭޓު މިނިސްޓަރުން ތިއްބަވަ އެވެ.