Advertisement

ޓުޗެލް ބޭނުންވަނީ އިންްގްލެންޑަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދޭން

about 2 hours 0


ޓުޗެލް ބޭނުންވަނީ އިންްގްލެންޑަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދޭން

about 2 hours 0

ލަންޑަން (އޮކްޓޫބަރު 16) - އިންގްލެންޑް ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، އެންމެ ބޮޑު ޓާގެޓަކީ، 2026 ވަނަ އަހަރު، އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުން ކަމަށް އިންގްލެންޑްގެ އާ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމުން، ޖެހިޖެހިގެން ދެ ޔޫރޯ ފައިނަލުގެ ނާކާމިޔާބީއާ އެކު، އިންގްލެންޑްގެ ކޯޗުކަމުން ގަރެތު ސައުތުގޭޓް ވަނީ އަށް އަހަރަށް ފަހު ވަކިވެފަ އެވެ. އިންގްލެންޑުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އެ ޓީމަށް އިރުޝާދުދިނީ ވަގުތީ ކޯޗު ލީ ކާސްލީ އެވެ.

އިންގްލެންޑުން މިއަދު ޓުޗެލް ކޯޗަކަށް ހަމަޖެއްސީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ، 2026 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް އޮތް ކޮންޓްރެކްޓެކެވެ.

"އަހަންނަށް ފުރަތަމަ ވެސް އިހުސާސް ކުރެވުނު މިއީ ވަރަށް ބޮޑު ވަޒީފާއެއް ކަން. މި ފުރުސަތު ލިބުމާ އެކު އަހަރެން ހުރިހާ ކަމަކަށް ވިސްނަން ފަށައިފިން. އަހަންނަށް މާފުކުރޭ އަހަރެން އަތުގައި އޮތީ ޖަރުމަނު ޕާސްޕޯޓެއް. އެކަމަކު، ތި އެންމެނަށް ޔަގީންކަން ދޭން ބޭނުންވަނީ ތި ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭން މި 18 މަސް ތެރޭގައި އަހަރެން މަސައްކަތްކުރާނަން،" އިންގްލެންޑަށް ތަށްޓެއް ނުލިބި ހޭދަވާ 60 އަހަރަށް ނިމުމެއް ގެނެސްދީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދެވޭނެތޯ އެހުމުން ޓުޗެލް ބުންޏެވެ.

ޓުޗެލް އަކީ އިންގްލެންޑާ ހަވާލުވި ބިދޭސީ ތިން ވަނަ ކޯޗަށެވެ. އިންގްލެންޑަށް އިރުޝާދުދިން ބިދޭސީ ދެ ކޯޗުންނަކީ، ދާދި ފަހުން މަރުވި، ސްވިޑެންގެ ސްވެން ގޯރަން އެރިކްސަން އާއި އިޓަލީގެ ތަޖުރިބާކާރު ކޯޗު، ފަބިއޯ ކަޕެއްލޯ އެވެ.

ކުރިން ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކޯޗުކޮށްދީ އެ ޓީމަށް ކާމިޔާބުތައް ހޯދައިދިން ޓުޗެލް ބުނީ މި ވަގުތު އިންގްލެންޑްގައި އޮތީ ވަރަށް ތަފާތު ކުޅުންތެރިންތަކެއް ހިމެނޭ ގްރޫޕެއް ކަމަށެވެ. އަދި އިންގްލެންޑަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކާމިޔާބެއް ހޯދޭނެ ފަދަ ފެންވަރު އެބަހުރި ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނަށް ފަހު ބަޔާން މިއުނިކް ކޯޗުކަމުން ވަކިވި ޓުޗެލް އަކީ އޭނާ ކުރިން މަސައްކަތްކުރި ކޮންމެ ޓީމެއްގައި ވެސް ކާމިޔާބު ކޯޗެކެވެ. އެ ގޮތުން، ބޮރޫޝިއާ ޑޯޓްމަންޑާއި ޕީއެސްޖީގައި ވެސް ޓުޗެލް ކާމިޔާބު މަސައްކަތެއް ކުރި އެވެ. ޓުޗެލް ހޯދަން މި ސީޒަން ފެށުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތްކުރި އެވެ.