Advertisement

އިވެންޓެއް އޮތް ކަމަށް ބުނެ ބޮއިކޮޓް ހަރަކާތަށް އެޗްޑީސީން ސެންޓްރަލް ޕާކް ނުދިން

16 އޮކްޓޯބަރު 2024 - 20:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިވެންޓެއް އޮތް ކަމަށް ބުނެ ބޮއިކޮޓް ހަރަކާތަށް އެޗްޑީސީން ސެންޓްރަލް ޕާކް ނުދިން

16 އޮކްޓޯބަރު 2024 - 20:17 0

އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެއްސި ބޮއިކޮޓް ހަރަކާތަށް ސެންޓްރަލް ޕާކް ނުދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

"އަދަދު" އަށް މައުލޫމާތު ދެމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް މުހައްމަދު ސިރާޖު ވިދާޅުވީ އެ ހަރަކާތަށް ސެންޓްރަލް ޕާކު ނުދޭން ނިންމީ ހުކުރު ދުވަހު އިތުރު ހަރަކާތެއް އެތަނުގައި އޮންނާތީ ކަމަށެވެ.

އެ ހަރަކާތް ހުޅުމާލޭގެ އެހެން ތަނެއްގައި ބާއްވަން އެދިއްޖެ ނަމަ، އެތަނެއް ހަމަޖައްސައި ދިނުމުގެ މަސައްކަތް އެޗްޑީސީން ކުރާނެ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

ނަމަވެސް "އަދަދު" އަށް މައުލޫމާތު ދިން އެޗްޑީސީގެ އެހެން އޮފިޝަލަކު ބުނީ ހުކުރު ދުވަހު ސެންޓްރަލް ޕާކުގައި އެއްވެސް އިތުރު އިވެންޓެއް ބާއްވަން މިހާތަނަށް ތާވަލު ކޮށްފައި ނުވާ ކަމަށެވެ.

އިންޓަނޭޝަނަލް މުސްލިމް އެއިޑް އެންޑް އެޑިއުކޭޝަން (އައިއެމްއޭއީ) އިން ހުކުރު ދުވަހު ބާއްވަން މަސައްކަތް ކުރާ ހަރަކާތުގައި ބޮއިކޮޓްކުރާ ތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭ ތަކެތީގެ ސާމްޕަލް ހިލޭ ބެހުމަށް ވަނީ ހަމަޖެހިފަ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް ރާއްޖޭގައި ގިނަ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން އިޒްރޭލަށް ފަންޑުކުރާ އެކި ބްރޭންޑްތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ހަރަކާތްތައް މީގެ ކުރިިން ވެސް ހިންގާފައިވެ އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި އިޒްރޭލަށް ފަންޑުކުރާ ބައެއް ތަކެތި ބޮއިކޮޓް ކުރަން ލިސްޓުތައް ވެސް ނެރެ، އެ ލިސްޓުގައި ހުރި ބްރޭންޑްތައް ބޮއިކޮޓް ކޮށްފައިވެ އެވެ.