އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ދައުވަތުދީގެން ޓެރަރިޒަމް ކިޔަވައިދިނުމުން އެމްއެންޔޫއަށް ގިނަބައެއްގެ ފާޑުކިޔުން

16 އޮކްޓޯބަރު 2024 - 08:40 3

އަހުމަދު އާއިދު

އ

ޓެރަރިޒަމާ ގުޅޭގޮތުން ރޭ އެމްއެންޔޫގައި އެމެރިކާގެ އޮފިޝަލަކު ވާހަކަދައްކަނީ: މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެމްއެންޔޫއަށް ފާޑުކިޔަމުން ---- ފޮޓޯ؛ އެމްއެންޔޫ


އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ދައުވަތުދީގެން ޓެރަރިޒަމް ކިޔަވައިދިނުމުން އެމްއެންޔޫއަށް ގިނަބައެއްގެ ފާޑުކިޔުން

16 އޮކްޓޯބަރު 2024 - 08:40 3

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުގެ މަދަދުގާރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ލައްވާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ދަރިވަރުންތަކަކަށް ޓެރަރިޒަމާ ގުޅޭގޮތުން ލެކްޗާއެއް ނަގައިދިނުމުން އެމްއެންޔޫއަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އެމްއެންޔޫއިން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ އެ ޔުނިވާސިޓީގެ ސޮސައިޓީ އޮފް ޝަރީއާ އެންޑް ލޯ އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓު ގުޅިގެން ހިންގި ހަރަކާތެއް ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ވާހަކަދެއްކީ ޓެރަރިޒަމާ ގުޅޭ ދައުވާތަކުގައި އެމެރިކާގެ ނަޒަރިއްޔާތާ ގުޅޭގޮތުންނެވެ.

މި ޕޯސްޓަށް ރައްދު ދީ ގިނަ ބަޔަކު ވަނީ ޝުއޫރުފާޅުކޮށްފަ އެވެ. އެގޮތުން އެމެރިކާއަކީ އިޒްރޭލުން މިހާރު ހިންގަމުންދާ ލާއިންސާނީ ހަރަކާތްތަކަށް މާލީ ގޮތުން އަދި އަސްކަރީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދޭ ގައުމުކަން އާންމުންގެ ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

"އެމެރިކާ ރުއްސަން ކުރާ ކަމެއްތޯ މިއީ. ޓެރަރިޒަމް ކިޔަވައިދީ އިސްލާމިކް ޝަރީއަތް ކިޔައިދޭން އެންމެ ރަނގަޅު ބަޔަކީ މިއަދު އެމެރިކާ ދެއްތޯ،" އެކަކު ލިޔެފައިވެ އެވެ.

އަދި، އެމެރިކާއިން އިޒްރޭލުން ހިންގާ ޖެނޮސައިޑަށް ފަންޑުކުރާކަން އެމްއެންޔޫގެ ވެރިންނަށް ނޭނގެނީތޯވެސް އެކި މީހުން ސުވާލު އުފައްދާ ނުރުހުން ފާޅުކޮށްފައިވެ އެވެ.

"މިކަމާ [އިޒްރޭލުން ހިންގާ ގަތުލުއާންމަށް އެމެރިކާއިން ފަންޑުކުރުމާ] ދެކޮޅަށް އަޑުއުފުލައިގެން އެމެރިކާގެ އެތައް ދަރިވަރުންނެއް އެދަނީ ހައްޔަރުވެސް ކުރަމުން. ނަމަވެސް އެމްއެންޔޫގެ ދަރިވަރުން ލަދެއްނެތި މިދަނީ އެ ގަތުލުއާންމުގެ ބައިވެރިޔާއާ އެކީ ހަރަކާތްތައް ހިންގަމުން،" އެހެން މީހަކު ލިޔެފައިވެ އެވެ.

މީގެއިތުރުންވެސް އާންމުން ވަނީ އެތައް ޕޯސްޓެއްކޮށް މިކަމަށް ނުރުހުން ފާޅުކޮށްފަ އެވެ.

އެމެރިކާ އާއި ރާއްޖެއާ އަބަދުވެސް ހާރިޖީ ގުޅުން ބޭއްވި ނަމަވެސް، މި ސަރުކާރުން އެ ގުޅުން އިތުރަށް ބަދަހިކުރަން ކުރަމުންދާ މަސައްކަތްތަކަށް ވެސް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ނަމަވެސް އެކަމަށް ސަރުކާރުގެ ސީދާ ރައްދެއް ނެތެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


72829200ޮޮޮ88

6 months ago

ދެރައީ އެމެރިކާ މީހުންގެ އެޕްތަކާ ސާވިސްތައް ބޭނުން ކުރަމުން ތިހެން ކިޔާތީ

އެދުރު

6 months ago

އެމެރިކާ މީހުންގެ އެޕްތަކާއި ސަރވިސް ބޭނުމް ކިރުން އެއީ އެމީހުން އަހަރުމެންނަށް ޓެރަރިޒަމް ކިޔަވައިދޭން ޖެހޭ ސަބަބެއް ކަމަށް ކަލޯގެ ޅަސިކުނޑިއަށް ވިސްނޭތީ އަދި މާދެރަ


ސަނައްޓޭ

6 months ago

ތި ހާތިފް އަކީ ތި ކަމުގަ އިސްކޮށް އުޅޭ މީހާ. އެމެރިކާއިން ކާންދިނީމަ ދިރިއުޅޭ މީހެއް. އެހެންވީމަ ކުރާނެތާ