Advertisement

ވީއައިއޭގެ ކުރީގެ ރަންވޭ މަރާމާތު ކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ ރަންވޭ މަރާމާތު ކުރަން ޗައިނާ ކުންފުންޏަކާ ހަވާލު ކުރުން -- ފޮޓޯ: އެމްއޭސީއެލް


ވީއައިއޭގެ ކުރީގެ ރަންވޭ މަރާމާތު ކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކުރީގެ ރަންވޭ މަރާމާތު ކުރަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ މިއަދު ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު އެވެ. އަދި ބީޔޫސީޖީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލުއޯ ވޭއި އެވެ.

އެމްއޭސީއެލްއިން ބުނީ އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 20 އަހަރުގެ މާސްޓާ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ

އެ މަޝްރޫއުގެ މަސައްކަތް އަންނަ މަހު ފަށައި، 2027 ގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވީއައިއޭގެ 3،200 މީޓަރުގެ ކުރީގެ ރަންވޭ ބޭނުން ކުރުން ހުއްޓާލީ އައު ރަންވޭގެ މަސައްކަތް 2022 ގައި ނިންމައި ބޭނުން ކުރަން ފެށުމުންނެވެ. މިގޮތުން، ކުރީގެ ރަންވޭ ބޭނުން ކުރަމުންދިޔައީ ޓެކްސީވޭއެއް ގޮތަށެވެ.