Advertisement

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ދުވަނިކޮށް ހާޓް އެޓޭކެއް ޖެހުނު މީހާ މަރުވެއްޖެ

ދިރާގު ރޯޑް ރޭސްގައި ދުވަނިކޮށް މަރުވި އަލީ އުމަރު މަނިކު -- ފޮޓޯ: އެކްސް


ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ދުވަނިކޮށް ހާޓް އެޓޭކެއް ޖެހުނު މީހާ މަރުވެއްޖެ

މިދިޔަ އޮކްޓޯބަރު 25, ގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024 ގައި ދުވަނިކޮށް ހާޓް އެޓޭކެއް ޖެހިގެން ބިންމައްޗަށް ވެއްޓުނު އަލީ އުމަރުމަނިކު (އޮރެގާނޯ އައްޔަ)، 45, މިއަދު މަރުވެއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

އަލީ އުމަރުމަނިކު ރޯޑް ރޭސްގައި ދުވަނިކޮށް ބިންމައްޗަށް ވެއްޓުނީ ނިންމާ ލައިނާ ކައިރިންނެވެ. އެވަގުތު އޭނާއަށް ސިއްހީ ހިދުމަތްތެރިން ވަގުތުން ފަރުވާދީ ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ގެންދިޔަ އެވެ.

އަލީ އުމަރު މަނިކު މަރުވުމާ ގުޅިގެން ދިރާގުގެ މެނޭޖްމަންޓުން ވަނީ މި އުނދަގޫ ވަގުތުގައި އޭނާގެ އާއިލާ އާއި ގާތް އެކުވެރިންނަށް ތައުޒިޔާ ކިޔާފަ އެވެ.

އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ ފަތިހު، ފަތިސް ނަމާދަށްފަހު ހުޅުމާލޭ ސަހަރާގަ އެވެ.