Advertisement

އެޗްޑީސީގެ ސީއެފްއޯ މަގާމުން ވަކިވާން އެންގުމުން އިސްތިއުފާ ދީފި

އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)، އަހުމަދު ޝާމް: މަގާމުން ވަކިވާން އެންގުމުން ވަނީ އިސްތިއުފާ ދީފައި -- ފޮޓޯ: އަދަދު


އެޗްޑީސީގެ ސީއެފްއޯ މަގާމުން ވަކިވާން އެންގުމުން އިސްތިއުފާ ދީފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)، އަހުމަދު ޝާމް މަގާމުން ވަކިވާން މެނޭޖްމަންޓުން އެންގުމުން، އިސްތިއުފާ ދީފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޝާމް އިސްތިއުފާ ދިނީ އެޗްޑީސީގެ މެނޭޖްމަންޓުން އޭނާ މަގާމުން ވަކިވާން އެކި ފަހަރު މަތިން މަޖުބޫރު ކުރުމުންނެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ ކުންފުނިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.

މި ސަރުކާރުން އެޗްޑީސީއަށް ގިނަ އަދަދެއްގެ މުވައްޒަފުން އިތުރުކޮށްފައިވާއިރު، އެ ތަނުގައި ގިނަ ދުވަސްވަންދެން މަސައްކަތް ކުރި ސްޓާފުން އަންނަނީ ވަކިވާން މަޖުބޫރު ކުރަމުންނެވެ.

އެޗްޑީސީއާ 2019 ގައި ގުޅުނު ޝާމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ގްރެނިޗްއިން އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާއިން ބެޗްލާސް ޑިގްރީއެއް ހާސިލް ކޮށްފަ އެވެ.

ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓާގައި 2003 އިން ފެށިގެން މަސައްކަތް ކުރަމުންދާ ޝާމް ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

އޭގެއިތުރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސްގެ މަގާމު ވެސް އޭނާ އަދާ ކުރެއްވި އެވެ.