Advertisement

ސާއިދު ސްޕޯޓްސްގެ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

15 އޮކްޓޯބަރު 2024 - 11:10 0


ސާއިދު ސްޕޯޓްސްގެ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

15 އޮކްޓޯބަރު 2024 - 11:10 0

ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދުގެ މޭސްތިރިކަމުގައި ހިންގާ ކްލަބް، ސާއިދު ސްޕޯޓްސްގެ ޕްރޮމޯޝަނަލް ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް" ހަމަޖައްސައިފި އެވެ.

އެ ގޮތުން، މި ކަމަށް ވެވުނު އެއްބަސްވުމުގައި ސާއިދު ސްޕޯޓްސްގެ ފަރާތުން އެ ކްލަބްގެ ރައީސް، އަހުމަދު ހަސަން އެވެ. އަދި "އަދަދު ސްޕޯޓްސް" ގެ ފަރާތުން ސްޕޯޓްސް އެޑިޓަރު، އައްޒާމް އަލިފުޅު އެވެ.

މި އެއްބަސްވުމުގެ ދަށުން، ސާއިދު ސްޕޯޓްސްގެ އެތުލީޓުން ޕްރޮމޯޓްކުރުމާއި އެ ކްލަބްގެ ހަރަކާތްތައް މީޑިއާ އަށް ގެނެސްދިނުމުގެ އިތުރުން، ސާއިދު ސްޕޯޓްސްގެ ސޯޝަލް މީޑިއާ/ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާއި ޕްރޮމޯޝަަނަލް އެކިއެކި ހަރަކާތްތައް ކުރިއަށްގެންދާނެ އެވެ. އަދި، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރަން، ސާއިދު ސްޕޯޓްސް އިން ވާ ތައްޔާރީތައް "އަދަދު ސްޕޯޓްސް" އިން މައުލޫމާތު ފަތުރާ އެކި ޕްލެޓްފޯމްތަކުން ގެނެސްދޭނެ އެވެ.

ކ. ގާފަރަށް އުފަން، ރާއްޖޭގެ އެންމެ ކާމިޔާބު އިންޑިވިޖުއަލް އެތުލީޓު، ސާއިދުގެ އިސްނެގުމާ އެކު، އޭނާގެ ބެލުމުގެ ދަށުން، 2017 ވަނަ އަހަރުގެ އޮގަސްޓް އެއް ވަނަ ދުވަހު، ވުޖޫކުރި ކްލަބުން އަންނަނީ ގައުމީ ލެވަލްގައި އެތުލީޓުންނަށް ފުރުސަތު ހޯދައިދޭން ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ސާއިދު ސްޕޯޓްސް އިން ތަމްރީނުވި އެތުލީޓުން ވަނީ ގައުމީ ލެވަލްގައި ރަނގަޅުކުރިއެރުން ހޯދައި، ބައިނަލްއަގުވާމީ ލެވަލްގައި ވެސް ރާއްޖެ ތަމްސީލްކޮށްފަ އެވެ.

ސާއިދު ސްޕޯޓްސްގެ އެންމެ ބޮޑު ކާމިޔާބަކީ، މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ފިރިހެން އެންމެ މޮޅު ޓީމުގެ މަގާމު ހޯދުމެވެ. ވޭތުވެދިޔަ 20 ވަރަކަށް އަހަރަށް ބެލިޔަސް، ދިވެހި ސިފައިންގެ ކްލަބް ފިޔަވައި، ގައުމީ މުބާރާތުގެ އެންމެ މޮޅު ފިިރިހެން ޓީމުގެ މަގާމު ލިބިފައިވަނީ ސާއިދު ސްޕޯޓްސް އަށެވެ.

"އަދަދު ސްޕޯޓްސް" އިން އަންނަނީ މީޑިއާ ޕާޓްނަރުގެ ގޮތުގައި، އެސްޕަޔާ ފުޓްބޯލް އެކެޑަމީ އާއި ޑިވެލޮޕްމަންޓް ޕާޓްނަރުންގެ ގޮތުގައި، ރާއްޖޭގެ އެންމެ ރަނގަޅު، ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސްއާ އެކު މަސައްކަތް ކުރަމުންނެވެ.