Advertisement

ގެދޮރުވެރިޔާ ފްލެޓަށް ކުރިމަތިލާން އަލުން ހުޅުވާލައިފި ކަމަށް ބުނެ ސްކޭމް ލިންކުތަކެއް ފޮނުވަނީ

15 އޮކްޓޯބަރު 2024 - 12:30 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ހުޅުމާލެ ފޭސް 2 ގައި ހަދަމުންދާ ފްލެޓްތަކެއް.ގެދޮރުވެރިޔާ ފްލެޓަށް އަލުން ހުޅުވާލިކަމަށް ބުނެ ދަނީ ސްކޭމް ލިންކުތަކެެއް ފޮނުވަމުން ----ފޮޓޯ: އަބްދުﷲ އިޔަން


ގެދޮރުވެރިޔާ ފްލެޓަށް ކުރިމަތިލާން އަލުން ހުޅުވާލައިފި ކަމަށް ބުނެ ސްކޭމް ލިންކުތަކެއް ފޮނުވަނީ

15 އޮކްޓޯބަރު 2024 - 12:30 0

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލުން ހުޅުވާލައިފި ކަމަށް ބުނެ ސްކޭމް މެސެޖުތަކެއް މީހުންނަށް ފޮނުވަން ފަށައިފި އެވެ.

"ގެދޮރުވެރިޔާ ސްކީމްއިން ފްލެޓުތަަކައް ފޯމް ލުމުގެ ފުރުސަތު އަލުން ރާއްޖޭގެ ހުރިހާ ރައްޔިތުންނައް ލެވޭ ގޮތައް އެޗްޑީސީ ހުޅުވާލައިފި. ފޯމް ވެބްސައިޓުން ލިބެންހުންނާނެ," ލިންކަކާއި އެކީ މީހުންނަށް ފޮނުވާ މެސެޖުގައި ލިޔެފައިވެ އެވެ.

މިކަމަށް ސަމާލުވުމަށާއި އެ ލިންކަށް ނުވަނުމަށް ފުލުހުންގެ ފަރާތުން އިލްތިމާސްކުރެ އެވެ. އަދި މިއީ ސައްހަ މެސެޖުތަކެއް ނޫންކަން ވެސް ފުލުހުންގެ އިދާރާއިން ބުންޏެވެ.

ރާއްޖޭގައި މިގޮތަށް ފޮނުވާ ލިންކްތަކަށް ވަދެގެން ބޮޑު އަދަދަކުން މީހުންގެ އަތުން ފޭރިފައި އެބަހުއްޓެވެ. އެގޮތުން ސްކޭމް ރިކޯޑުތައް ފުލުހުން ބަލަހައްޓަން ފެށީއްސުރެ މިހާތަނަށް އާންމުންގެ އަތުން 150 މިލިއަނަށް ވުރެ ގިިނަ ފައިސާ ގެއްލިފައިވާ ރިޕޯޓުތައް ދައްކަ އެވެ.

އޭގެތެރެއިން 2.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "އެކްސް" ގައި ސެޕްޓެމްބަރު 26، ގައި ވިދާޅުވެފައިވެ އެވެ.