Advertisement

އިލެކްޝަންސް ކޮމިޝަނަށް އަބްދުލް ހަސީބު އިސްމާއިލް އައްޔަނުކުރަނީ

14 އޮކްޓޯބަރު 2024 - 10:01 6

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓު ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަބްދުލް ހަސީބުގެ ނަން މަޖިލީހަށް ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: އިލެކްޝަންސް ކޮމިޝަން


އިލެކްޝަންސް ކޮމިޝަނަށް އަބްދުލް ހަސީބު އިސްމާއިލް އައްޔަނުކުރަނީ

14 އޮކްޓޯބަރު 2024 - 10:01 6

އިލެކްޝަންސް ކޮމިޝަންގެ މިހާރު ރައީސް، ފުއާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު އަންނަ ނޮވެމްބަރު މަހު ހަމަވާތީ، އެ މަގާމަށް އައްޔަނުކުރަން، އަބްދުލް ހަސީބު އިސްމާއިލްގެ ނަން މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.

އަބްދުލްހަސީބު އަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އިސްލާމިކް މިނިސްޓަރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް މިނިސްޓަރީގެ ބައެއް މުވައްޒަފުންނާ މެދު ވަރަށް ހަރުކަށިކޮށް އަމަލު ކުރާ ކަމަށް ބުނެ އެ މަގާމުން އޭނާ ވަކި ކުރެއްވީ އޭރު އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރުގެ އެދިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓު ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަބްދުލް ހަސީބުގެ ނަން މަޖިލީހަށް ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އޭނާގެ ނަމާއެކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ނަން ހުށަހަޅައިފައިވާ ހުރިހާ ބޭފުޅުންގެ ނަން ވެސް މަޖިލީހަށް ފޮނުވައިފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ކޮންމެ ބޭފުޅަކަށް ވެސް އަދާ ކުރެއްވޭނީ ދެ ދައުރެވެ. ފުއާދުގެ މެންބަރުކަމުގެ މުއްދަތު ހަމަވާނީ މި އަންނަ ނޮވެމްބަރު 24، ގަ އެވެ.

މިއަދު އޮތް މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތުން ވަނީ އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފަ އެވެ.