Advertisement

އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ހަތަރު މީހުން މަރާލައިފި

14 އޮކްޓޯބަރު 2024 - 09:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުން ގާޒާގެ އަލް އަގްސާ ހޮސްޕިޓަލަށް ހަމަލާދިނުން: ހަމަލާގައި ހިޔާވެހިކަން ހޯދައިގެން ތިބި ހަތަރު މީހުން ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް


އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ހަތަރު މީހުން މަރާލައިފި

14 އޮކްޓޯބަރު 2024 - 09:36 0

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ނަސްލުހޭދުކުރުމުގައި އެތައް ބަޔަކު ހިޔާވެހިކަން ހޯދައިގެން ތިބި ގާޒާގެ އަލް އަގްސާ ހޮސްޕިޓަލަށް ހަމަލާދީ ހަތަރު މީހުން މަރާލައިފި އެވެ.

"އަލްޖަޒީރާ" އިން ބުނީ ހަމަލާގައި 70 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ހަމަލާއާ ގުޅިގެން ޓެންޓުތަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވި އެވެ. ބައެއް މީހުން މަރުވީ ޓެންތުތަކުގެ ތެރޭގައި ތާށިވެގެންނެވެ.

އަލިފާންގަނޑު ފެތުރި 20 އާއި 30 އާ ދެމެދުގެ އަދަދެއްގެ ޓެންޓު އެއްކޮށް ހަލާކުވި ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

އިޒްރޭލުން ބުނީ ހަމަލާދިނީ ހޮސްޕިޓަލުގައި ހުރި ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ކަމަށެވެ. ނަމަވެސް އެއްވެސް އެކަމުގެ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެ އެވެ.

އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 42،227 އަށް ވަނީ އަރާފަ އެވެ. އޭގެ ތެރޭގައި ގިނައީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން އަންނަނީ ގާޒާގެ އިތުރުން ލުބްނާނަށް ވެސް ހަމަލާ ދެމުންނެވެ. ލުބްނާނަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 2,000 އަށްވުރެ ވަނީ އިތުރުވެފަ އެވެ.