13 އޮކްޓޯބަރު 2024 - 21:01 0
ހަސަން މުހައްމަދު
އެމްޑީޕީގެ ކޮންފަރެންސްގެ ތެރެއިން: އެމްޑީޕީން ބުނަނީ ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމު ނައްތާލަން ކަމަށް -- ފޮޓޯ: އެމްޑީޕީ
13 އޮކްޓޯބަރު 2024 - 21:01 0
ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އުތުރުގެ ބައެއް އަތޮޅުތަކަށް ހާއްސަކޮށް ހދ. ކުޅުދުއްފުށީގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ބާއްވާ ކޮންފަރެންސުގައި މިއަދު އިގުރާރުވެއްޖެ އެވެ.
"ލާމަރުކަޒީ ގުޅުން ކޮންފަރެންސް" އަކީ ހއ. ހދ. އަދި ށ. އަތޮޅަށް ނިސްބަތްވާ އެމްޑީޕީގެ ކައުންސިލަރުންނަށް ހާއްސަކޮށް ބާއްވާ ކޮންފަރެންސެކެވެ. ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި މަސައްކަތް ކުރަން އެ ކޮންފަރެންސްގެ ތެރެއިން ބައިވެރިން މިއަދު އެއްބަސްވީ، އެ ނިޒާމު ނައްތާލަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ.
"[ލާމަރުކަޒީ ނިޒާމުގެ ދިފާގައި] ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް ހިތްވަރުދީ އެފަދަ މަސައްކަތްތަކުގައި ބައިވެރިވެވެން އޮތް އެންމެ ފުޅާމިނެއްގައި އަހަރުމެން ބައިވެރިވެ ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމަށް އެއިރެއްގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުން މަތީ ދެމިތިބުމަށް އަހަރުމެން އިގުރާރުވަން،" އެ އިގުރާރުގައި ބުނެފައިވެ އެވެ.
އެ އިގުރާރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިހާރު ފާސް ކުރަމުންދާ ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ގާނޫނު ހިންގުމަށް ހުރަސް އެޅެމުންދާ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން ނިގުޅިފައިވާ ކަމަށް ވެސް އޭގައި ބުނެ އެވެ.
"ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުރަސް އެޅި ކައުންސިލްތަކާއި ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ، އެ ގާނޫނު ފުރިހަމަ މާނައިގައި ތަންފީޒު ކުރުމަށް ކައުންސިލްތަކަށް އުނދަގޫތަކެއް ކުރިމަތިވާނެކަން އަހަރުމެންނަށް ގަބޫލު ކުރެވޭ،" ކައުންސިލަރުން އެއްބަސްވި އެ ގަރާރުގައި ބުނެފައިވެ އެވެ.
އެމްޑީޕީއިން ކަންބޮޑުވަނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ކޮން ގާނޫނަކާމެދު ކަމެއް އެ ޕާޓީން ނުބުނެ އެވެ. ނަމަވެސް ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގާނޫނުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކުޑަވާނެ ކަމަށް ބައެއް ކައުންސިލްތަކުން ބުނެ އެވެ. އެގޮތުން ކައުންސިލްތަކުގެ ބަހެއް ނެތި ވެސް ރަށްރަށުގައި ވަޒީރު ބޭނުންވާ ޕްރޮޖެކްޓުތަކެއް ހިންގޭ ގޮތަށް ގާނޫނުން ވަނީ ބާރުދީފަ އެވެ. އަދި ކައުންސިލުން ހަދާ ލޭންޑް ޔޫސް ޕްލޭން
Comment