Advertisement

ބީއެމްއެލްގެ ކިޑްސް ސޭވާ އެކައުންޓްތަކުން އިތުރަށް ފައިދާ ހޯދިދާނެ

13 އޮކްޓޯބަރު 2024 - 13:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބީއެމްއެލްގެ ކިޑްސް ސޭވާ އެކައުންޓްތަކުން އިތުރަށް ފައިދާ ހޯދިދާނެ

13 އޮކްޓޯބަރު 2024 - 13:04 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކިޑްސް ސޭވާ އެކައުންޓަށް ހެޔޮ ބަދަލުތަކެއް ގެނެސް، ދިވެހި ރުފިޔާ އެކައުންޓްތަކަށް ތިން ޕަސަންޓް ފައިދާ އަދި ޔޫއެސް ޑޮލަރު އެކައުންޓްތަކަށް 3.5 ޕަސަންޓް ފައިދާ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން ވަނީ މިހާރު ހުޅުވާފައިވާ އަދި އަލަށް ހުޅުވާ ކިޑްސް ސޭވާ އެކައުންޓްތަކަށް ހާއްސަކޮށް ބޮޑެތި އިނާމުތަކާއެކު އައު ޕްރޮމޯޝަނެއް ފަށާފައި ކަމަށެވެ.

ލިބޭ އިނާމުތައް:

• ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް، ކޮންމެ އެކައުންޓަކަށް 10،000ރ.

• ކޮންމެ އަހަރަކު އެކްޓިވް 20 އެކައުންޓަކަށް 2،500ރ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އާއިޝަތު ނޫރައްދީން ވިދާޅުވީ އެ ބޭންކުގެ ކިޑްސް ސޭވާ އެކައުންޓްތަކުގެ ރޭޓްތަކަށް ބަދަލުގެނެސް، ރަނގަޅު އިނާމުތަކާއެކު ޕްރޮމޯޝަނެއް ހިންގުމުގެ ބޭނުމަކީ މުސްތަގްބަލަށްޓަކައި ފައިސާ ރައްކާކުރުމަށް ހިތްވަރުދިނުން ކަމަށެވެ.

މިގޮތުން، ކުރިއަށް އޮތް ޖީލުތަކަށް ފައިސާ ރައްކާކުރުމާއި ހަރަދުކުރުމުގައި ގެންގުޅެންޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ ނުހަނު މުހިންމުކަމެއްކަމަށް ގަބޫލުކުރާ ކަމަށް ވެސް އާއިޝަތު ނޫރައްދީން ވިދާޅުވި އެވެ.

"މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވާ އެކައުންޓަކާއެކު، ބެލެނިވެރިންނަށް ހިލޭ ރީލޯޑްކުރެވޭ މާސްޓާ ކާޑް ޕްރީޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ. މި ކާޑަށް ފައިސާ އަޅައި، ދުވަހުން ދުވަހަށް ކުރާ ހަރަދުތަކަށް މި ކާޑު ބޭނުންކުރެވޭނެ. މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާ އެކު ހަރަދުކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް،" އާއިޝަތު ނޫރައްދީން ވިދާޅުވި އެވެ.

އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވާ އެކައުންޓްތަކަށް ވެސް އަލަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ފައިދާގެ ރޭޓަށް އަމަލުކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.