Advertisement

ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް ބީއެމްއެލްއިން އެހީވަނީ

3 އޮކްޓޯބަރު 2024 - 17:44 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތް ހޯދުމަށް ބީއެމްއެލްއިން އެހީވަނީ

3 އޮކްޓޯބަރު 2024 - 17:44 0

ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދި ހުށަހެޅޭނެ ޕްރޮޖެކްޓެއް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފު ކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮޖެކްޓަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖުކުރުމަށް ހިންގާ މަޝްރޫއޫތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފުކުރި ޕްރޮޖެކްޓެއް ކަމަށެވެ.

ކުނި މެނޭޖުކުރުމުގައި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މާހައުލެއް ހޯދައިދިނުމަށް ހިންގާ އެ ޕްރޮޖެކްޓްގެ ދަށުން ކުނި މެނޭޖުކުރާ ފެސިލިޓީތަކަށް ބޭނުންވާ އަލާތްތައް ހޯދުމަށް މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އާއިޝަތު ނޫރައްދީން ވިދާޅުވީ އެ ޕްރޮޖެކްޓުން ދައްކައިދެނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް އެ ބެންކުން ކުރަމުންދާ މުހިންމު މަސައްކަތް ކަމަށެވެ.

"ތިމާވެށްޓަކީ ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މުޖުތަމައަށް އެހީ ފޯރުކޮށްދޭ މައިގަނޑު އެއް ދާއިރާވެސްމެ. އަޅުގަނޑުމެން ވަރަށް ޝައުގުވެރިވޭ މި ޕްރޮޖެކްޓް މެދުވެރިކޮށް މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރަން. މިއީ ހަމައެކަނި ކުނި މެނޭޖްކުރުމުގެ ހައްލުތައް ހޯދައިދިނުމުގެ އިތުރުން މިހާރު ހުރި ނިޒާމުތައް އިތުރަށް ތަރައްގީކޮށް ރާއްޖެއަށް ސާފު އަދި ފެހި މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއްވެސްމެ،" އާއިޝަތު ނޫރައްދީން ވިދޅާުވި އެވެ.

އެ ޕްރެޖްކްޓްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ހަމައެކަނި މަދަނީ ޖަމިއްޔާތަކަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މާލީ އެހީތެރިކަން ބޭނުންވާ ޖަމިއްޔާތަކުން އީމެއިލް މެދުވެރިކޮށް [email protected] އަށް އޮކްޓޯބަރު 21، ގެ ހަވީރު 16:00 ގެ ކުރިން ހުށަހަޅަން ބީއެމްއެލްއިން ވަނީ އެދިފަ އެވެ.

ދެމެހެއްޓެނިވި ތަރައްގީ ހޯދައިދިނުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެކި މަޝްރޫއުތައް މެދުވެރިކޮށް ބީއެމްއެލްއިން އަންނަނީ މުޖުތަމައަށް އެހީތެރިވަމުންނެވެ.