Advertisement

މުޅި ރާއްޖޭގެ ގުދުރަތީ ރައުސްމާލު ވަޒަންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ވިދާޅުވެއްޖެ

13 އޮކްޓޯބަރު 2024 - 08:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް: މުޅި ރާއްޖޭގައި ގުދުރަތީ ރައުސްމާލު ވަޒަންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ


މުޅި ރާއްޖޭގެ ގުދުރަތީ ރައުސްމާލު ވަޒަންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ވިދާޅުވެއްޖެ

13 އޮކްޓޯބަރު 2024 - 08:25 0

ލ. އަތޮޅުގެ ގުދުރަތީ ރައުސްމާލު ހިސާބުކިތާބު ކުރަން ފެށި "އެންދެރި" މަޝްރޫއުގެ ތެރެއިން އެ އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ވަޒަން ކުރުމުގެ މަސައްކަތްކޮށް ނިމުމުން، މުޅި ރާއްޖޭގައި އެ މަސައްކަތް ފަށާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"އެންދެރި ސްމޯލް ގްރާންޓްސް 2024" ހަވާލު ކުރުމަށް ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ތޯރިގު ވިދާޅުވީ ބޭރުގެ ގިނަ ގައުމުތަކުގައި އެ ބައެއްގެ މުހިންމު ގުދުރަތީ ވަސީލަތްތަކުގެ އަގު ވަޒަން ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެންމެ މުހިންމު ވަސީލަތްތައް ކަމަށްވާ ފަރުތަކާއި ކުޅި، ފާ، ޗަސްބިން އަދި މޫދުވިނައިގެ މާހައުލީ ނިޒާމުތައް އޮތީ ވަޒަން ނުކުރެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންދެރި މަޝްރޫއުގެ ދަށުން ހިންގާ އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އޮސްޓްރޭލިއާގެ އުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްއާ އެވެ. އެ މަޝްރޫއުގެ ދަށުން ލ. އަތޮޅުގެ މުރަކަ ފަރުތަކާއި މޫދު ވިނަ އާއި ކުޅި، ފާ، ޗަސްބިންތަކުގެ މިންވަރާއި ފެންވަރު ބެލުމުގެ ދިރާސާތަކެއް މި އަހަރު ތެރޭގައި ވަނީކޮށްފަ އެވެ.

އެ މަސައްކަތުގައި ކޮށްފައިވާ ދިރާސާތަކުގެ ނަތީޖާ އާންމު ކުރުމަށާއި އެކަމާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކަށް ދޭން ޖެހޭ ތަމްރީން ދިނުމަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީގެ ޓީމެއް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.