Advertisement

ކުޑަކުއްޖާއަށް ސައިކަލުގެ ކޮންޓްރޯލް ދިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

11 އޮކްޓޯބަރު 2024 - 22:51 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ތުއްތު ކުއްޖެއްގެ އަތަށް ސައިކަލުގެ ކޮންޓްރޯލް ދީގެން ދުއްވި ވީޑިއޯގެ ސްނެޕްޝޮޓެއް -- ފޮޓޯ: ސޯޝަލްމީޑިއާ


ކުޑަކުއްޖާއަށް ސައިކަލުގެ ކޮންޓްރޯލް ދިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

11 އޮކްޓޯބަރު 2024 - 22:51 0

މާލެ އާއި ހުޅުމާލެ އާ ދެމެދު އޮންނަ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލުގެ ހުންގާނު ދިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެމީހާ ހާޒިރުކޮށް ސުވާލު ކޮށްފައިވާ ކަމަށާއި ވަކި މައްސަލައެއްގެ ގޮތުގައި ކުޑަ ކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ އެ މުއައްސަސާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އަދި ޓްރެފިކް ގާނޫނާ ހިލާފަށް ކުޑަކުއްޖެއްގެ އަތަށް ސައިކަލެއްގެ ކޮންޓްރޯލް ދީގެން ދުއްވި މައްސަލައިގައި އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ޓްރާސްޕޯޓު މިނިސްޓަރީއަށް މައުލޫމާތު ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުއްޖެއްގެ އަތަށް ސައިކަލުގެ ކޮންޓްރޯލްދީގެން ހައިވޭގައި ދުއްވި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ވީޑިއޯއިން ފެންނަނީ ފަސް ވަރަކަށް އަހަރުގެ ތުއްތު ކުއްޖެއްގެ އަތަށް ސައިކަލުގެ ރޭސް މުއްގަނޑުގެ ކޮންޓްރޯލް ދީގެން ދުއްވާފައި ދާ ތަނެވެ. ސައިކަލު ދުއްވަން އިން މީހާގެ އަތް ވާތު މުއްގަނޑުގައި ޖައްސާލައިގެން އިންއިރު، އޭނާގެ ކަނާތު އަތް ފެންނަނީ ކަނާތު ފައި މަތީގައި ބާއްވާފައި އޮންނަ ތަން ވީޑިއޯއިން ފެނެ އެވެ.

އެ ވީޑިއޯއަށް އާންމުންގެ ވަރަށް ގިނަ މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން އެކަން ކުރި މީހާއަށް ހަރުކަށި އަދަބު ދިނުމަށް ސޯޝަލްމީޑިއާގައި ހިޔާލު ފާޅުކުރި ގިނަ މީހުން ވަނީ ގޮވާލައިފަ އެވެ.

ފުލުހުން ބުނީ ކުޑަކުއްޖާއަށް ސައިކަލުގެ ކޮންޓްރޯލް ދީގެން ދުއްވި މީހާއަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.