Advertisement

ސިނަމާލެ ބުރިޖުން ދަތުރު ކުރާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

11 އޮކްޓޯބަރު 2024 - 15:51 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސިނަމާލެ ބުރިޖު މަތިން މަތިންދާ ބޯޓެއް ދަނީ -- ފޮޓޯ: އަދަދު ފައިލް


ސިނަމާލެ ބުރިޖުން ދަތުރު ކުރާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

11 އޮކްޓޯބަރު 2024 - 15:51 0

މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވާތީ ސިނަމާލެ ބުރިޖު އަދި ހައިވޭއިން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އެކްސްގައި އެ މުއްސަސާއިން ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ އާއި މާލެ އާ ދެމެދެ ސައިކަލު ދުއްވާއިރު، ކުޑަ ނަގައިގެން ނުދުއްވުމަށާއި ވަޔާ ވިއްސައިގެން ދާފަދަ ކޮލިޓީ ދަށް ކޯޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި، ސައިކަލުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން، ހެލްމެޓު ވެސް ވިއްސައިގެން ނުދާނޭހެން ރަނގަޅަށް ހައްޔަރު ކޮށްގެން ދުއްވުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެ އެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިއްޔެ ވަނީ ބުނެފަ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މިއަދު ވެސް މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އެ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފަ އެވެ. އެގޮތުން މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އާންމުވައި ގަޑިއަކު 28 މޭލާއި 35 މޭލަށް ހުންނާނެ ކަމަށް ލަފާ ކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާ ކޮށްފައިވެ އެވެ.