Advertisement

ޒިބްރާ ކްރޮސް މަތިން މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ ކުއްޖެއް ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

10 އޮކްޓޯބަރު 2024 - 19:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ: ކުޑަކުއްޖެއް ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން


ޒިބްރާ ކްރޮސް މަތިން މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ ކުއްޖެއް ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

10 އޮކްޓޯބަރު 2024 - 19:51 0

މަޖީދީ މަގުގައި ހުރި ޒިބްރާ ކްރޮސްއެއް މަތިން މަގު ހުރަސް ކުރަން މަސައްކަތް ކުރި ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މަޖީދީ މަގު ވިލާ މާޓު ކައިރީ މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖެއް ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓްވި ކަމުގެ ރިޕޯޓް ލިބުނީ ހަވީރު 15:40 ގައި ކަމަށެވެ.

އެ ހާދިސާގައި އެ ކުއްޖާ ވެއްޓި ނިއްކުރި ދުޅަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު އެ ކުއްޖާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލު ދުއްވީ ލައިސަންސް އޮތް މީހެއްކަން ފާހަގަކޮށް ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަގުމަތީ އެކްސިޑެންޓްތައް މާލެ ސިޓީގައި ގިނަ އިރު ބައެއް އެކްސިޑެންޓްތަކުގައި މީހުން މަރުވެފައި ވެސް އެބަ ހުއްޓެވެ. މިގޮތުން އެކްސިޑެންޓްތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް ދައުވާ ވެސް ކޮށްފައިވެ އެވެ.