Advertisement

މާލޭ ކޮމާޝަލް ހާބަރުގައި ހިލޭ މުދާ ބެހެއްޓޭ މުއްދަތު ކުޑަ ކުރަން ނިންމައިފި

10 އޮކްޓޯބަރު 2024 - 18:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭ ކޮމާޝަލް ހާބަރުގައި މުދާ ބަހައްޓާފައި: މުދާ ހިލޭ ބެހެއްޓޭ މުއްދަތު ކުޑަ ކުރަން ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް


މާލޭ ކޮމާޝަލް ހާބަރުގައި ހިލޭ މުދާ ބެހެއްޓޭ މުއްދަތު ކުޑަ ކުރަން ނިންމައިފި

10 އޮކްޓޯބަރު 2024 - 18:00 0

މާލޭ ކޮމާޝަލް ހާބަރުގައި މުދާ ހިލޭ ބެހެއްޓޭ މުއްދަތު ކުޑަ ކުރަން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ ޕޯޓުގައި ޖާގައިގެ ދަތިތައް ހުރުމުގެ ސަބަބުން ކުރިން ހިލޭ މުދާ ބެހެއްޓޭ 10 ދުވަހުގެ މުއްދަތު ކުޑަކޮށް ރީފާ ކޮންޓެއިނަރު ބެހެއްޓޭ މުއްދަތު ފަސް ދުވަހަށް އަދި ޑްރައި ކޮންޓެއިނަރު ބެހެއްޓޭ މުއްދަތު ހަތް ދުވަހަށް ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.

"މިއަށް އޮތް ހައްލަކީ މިވަގުތަށް ދެމުން އައި 10 ދުވަހުގެ ބަދަލުގައި ރީފާ ކޮންޓެއިނަރަށް ފަސް ދުވަސް އަދި ޑްރައި ކޮންޓެއިނާއަށް ހަތް ދުވަސް ދިނުން. އެއިރުން ތަންކޮޅެއް އަވަހަށް މުދާ ވެރި ފަރާތުން މުދާ ގެންދާނެ،" ވަޖީހު ވިދާޅުވި އެވެ.

ނަމަވެސް ވަޖީހު ވިދާޅުވީ ރަށްރަށަށް މުދާ ގެންދާ ފަރާތްތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ބޯޓުތައް އައުމަށް ހުރި ދަތިތަކަށް ބެލުމަށްފަހު މުއްދަތު އިތުރު ކޮށްދެވޭނެ ގޮތްތަކެއް ހަމަޖައްސާނެ ކަމަށެވެ.

މިގޮތުން ހިލޭ މުދާތައް ބަހައްޓާ މުއްދަތު ހަމަވުމަށްފަހު، ޖެހިގެން އަންނަ ދުވަހުން ފެށިގެން ކޮންޓެއިނަރަށް ޗާޖު ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭ ކޮމާޝަލް ހާބަރު މީގެ 39 އަހަރު ކުރިން ހެދިއިރު މަހެއްގެ މައްޗަށް ގެންނަނީ 1،000 އާއި 2،000 ޓަނާ ދެމެދުގެ އަދަދެކެވެ.

ވަޖީހު ވިދާޅުވީ ޕޯޓުގެ ޖާގަ މިވަގުތު ހުރި ގޮތުން އެއްފަހަރާ 2،200 ހުރިއިރު، އެއްފަހަރާ މިހާރު 4،000 ކޮންޓެއިނަރު ބަހައްޓަން ޖެހުމުން ދަތިތައް ދިމާވާ ކަމަށެވެ. އަދި މަހެއްގެ މައްޗަށް މިހާރު އެވްރެޖުކޮށް 6،500 ކޮންޓެއިނަރު ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.