Advertisement

މިދިޔަ މަހުގެ ނިޔަލަށް މީރާއިން ބަލައިގަތް އާމްދަނީ 22 ބިލިއަނާ ގާތަށް

10 އޮކްޓޯބަރު 2024 - 14:30 0

އަމަން ހަލީމް

އަމަން ހަލީމް

މީރާގެ ޓެކްސް ކަލެކްޝަން ސެންޓަރު: ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބަޔެއް ބަލައިގަންނަނީ މީރާއިން -- ފޮޓޯ: އަދަދު ފައިލް ފޮޓޯ


މިދިޔަ މަހުގެ ނިޔަލަށް މީރާއިން ބަލައިގަތް އާމްދަނީ 22 ބިލިއަނާ ގާތަށް

10 އޮކްޓޯބަރު 2024 - 14:30 0

މިދިޔަ މަހުގެ ނިޔަލަށް މީރާއިން ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އިދާރާއިން މިއަދު އާންމުކުރި މަންތުލީ ރެވެނިއު ކަލެކްޝަން ރިޕޯޓުން ދައްކައިފި އެވެ.

މީރާއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. މީގެ ތެރެއިން ބޮޑު ބަޔަކީ ޑޮލަރުން ބަލައިގަތް އާމްދަނީ އެވެ. މިދިޔަ މަހު 102.05 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ބަލައިގެންފައިވާއިރު، މިއީ މީރާއިން ބަލައިގަތް އާމްދަނީގެ 75 ޕަސެންޓެވެ.

މިދިިޔަ އަހަރުގެ ސެޕްޓެމްބަރާ އަޅައިބަލާއިރު، މި އަހަރުގެ އެ މަހުގައި ލިބުނު އާމްދަނީ 93.1 ޕަސެންޓު އިތުރެވެ. އަދި މީރާއިން އަންދާޒާ ކުރި ވަރަށް ވުރެ 28.7 ޕަސެންޓު އިތުރެވެ.

އާމްދަނީ މި ވަރަށް އިތުރުވީ ސަބަބެއް ކަމަށް މީރާއިން ބުނީ ޖެނެރަލް ޖީއެސްޓީ އާއި ޓޫރިޒަމް ޖީއެސްޓީ އާއި ރިސޯޓުތަކުގެ ބިމު ކުލީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިޒިޝަން އަދި ކޮންވާޝަން ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުން ހިމެނެ އެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ ފައިސާ ދައްކަން ޖެހޭ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ވުމުން، އޮކްޓޫރުގައި އާމްދަނީގެ ބޮޑު ބަޔެއް ލިބުމަކީ ވެސް ސަބަބެއް ކަމަށް އެ އިދާރާގެ ރިޕޯޓުގައި ވެ އެވެ.

މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ އުސްއަލުތައް

  • ޓެކްސް އާމްދަނީ - 18.1 ބިލިއަން ރުފިޔާ
  • ޓެކްސް ނޫން އާމްދަނީ - 3.7 ބިލިއަން ރުފިޔާ
  • ޖީޖީއެސްޓީ - 3.7 ބިލިއަން ރުފިޔާ
  • ޓީޖީއެސްޓީ - 7.1 ބިލިއަން ރުފިޔާ
  • އިންކަމް ޓެކްސް - 5.5 ބިލިއަން ރުފިޔާ
  • ރިސޯޓުތަކުގެ ބިމު ކުލި - 1.4 ބިލިއަން ރުފިޔާ

މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ޓެކްސް އާމްދަނީ އެވެ. ޓެކްސް އާމްދަނީގެ ބޮޑު ބަޔަކީ ޓޫރިޒަމް ޖީއެސްޓީ އާއި ޖެނެރަލް ޖީއެސްޓީ އެވެ. ޓެކުހާއި ޓެކްސް ނޫން އާމްދަނީ ހިމަނައިގެން ބެލި ކަމުގައި ވިޔަސް މިހާތަނަށް ލިބުނު އާމްދަނީގެ ގާތްގަނޑަކަށް ދެ ބައި ކުޅަ އެއް ބަޔަކީ ޖީއެސްޓީ އާމްދަނީ އެވެ. ޖީއެސްޓީ ނަގާފައި ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކުހުންނެވެ.

ޓެކްސް ނޫން އާމްދަނީގެ ބޮޑު ބަޔެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އޭގެ އިތުރުން ވޯކް ޕާމިޓް ފީ އާއި ކޯޓާ ފީ އާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އިން ވެސް ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. މި ދާއިރާތަކުން ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ ބޮޑު ތަނުން އިތުރުވެފައިވާ ކަަން ވެސް މީރާގެ ރިޕޯޓުން ފާހަގަވެ އެވެ.