10 އޮކްޓޯބަރު 2024 - 06:15 0
އަމަން ހަލީމް
10 އޮކްޓޯބަރު 2024 - 06:15 0
ގައުމީ އެއާލައިން، މޯލްޑިވިއަންއިން ށ. ފުނަދޫ އެއާޕޯޓަށް އުދުހުންތައް މެދުކަނޑާލައިފި އެވެ.
މޯލްޑިވިއަން އިން ފުނަދޫ އެއާޕޯޓަށް ފްލައިޓުތައް މެދުކަނޑާލުމާ ގުޅިގެން ނެރުނު ނޯޓިސްއެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުނަދޫއަށް ޝެޑިއުލް ފްލައިޓުތައް މެދުކަނޑާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލެއް އެ ނޯޓިހުގައި ނެތެވެ.
މިކަން ސާފުކުރަން އެ އެއާލައިން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަނަށް ގުޅުމުން، އެ ކުންފުނީގެ އޮފިޝަލަކު ބުނީ ފްލައިޓުތައް މެދުކަނޑާލަން ޖެހުނީ ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއާޕޯޓުތަކުގެ ސޭފްޓީ އުސޫލު އޮންނަ ގޮތުން ފަޔާ ލޮރީ ނެތް ހިނދެއްގައި ފްލައިޓު އެޅުމަކީ މަނާ ކަމެކެވެ.
ފުނަދޫ އެއާޕޯޓު އޮންނަނީ ރީޖަނަލް އެއާޕޯޓްސްގެ ބެލުމުގެ ދަށުގަ އެވެ. މިކަމާ ގުޅޭ ގޮތުން އަދި އެ ކުންފުނީގެ ބަހެއް ނުލިބެ އެވެ.
މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު، ހަނިމާދޫ އެއާޕޯޓަށް ވެސް މި މައްސަލަ ދިމާވި އެވެ. އެ ފަހަރު ރީޖަނަލް އެއާޕޯޓްސްއިން ވަނީ ފަޔާ ޓްރަކަށް ބޭނުންވާ ސްޕެއާތައް ގެންގޮސް، ޖެހިގެން އައި ދުވަހު އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށާފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment