Advertisement

ޕޮލެންޑުގެ ސަންތޭ އަލުން ރާއްޖެ އަށް

11 އޮކްޓޯބަރު 2024 - 06:30 0


ޕޮލެންޑުގެ ސަންތޭ އަލުން ރާއްޖެ އަށް

11 އޮކްޓޯބަރު 2024 - 06:30 0

މަރުކާ ވެސް، ރަހަ ވެސް އަލެއް ނޫނެވެ. ފެންވަރަށް ވެސް އިތުބާރު ބޮޑެވެ.

މިއުޅެނީ ޕޮލެންޑުގެ މަޝްހޫރު އަދި ދިވެހިންގެ އިތުބާރު އޮތް ސަންތޭ މަރުކާގެ އުފެއްދުންތައް ދޮޅު އަހަރަށް ފަހު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި ވާހަކަ ދައްކާށެވެ. މި އުފެއްދުން މިހާރު ރާއްޖެ އެތެރެކޮށް ވިއްކަނީ އާރިއަމް އިންނެވެ.

ސަންތޭ މަގުބޫލުވެގެން ދިޔައީ އުފެއްދުންތަކުގެ ފެންވަރާއި ދުޅަހެޔޮ ސިއްހަތަށް ބަލާފައިވާ މިންވަރުންނެވެ. ނާސްތާގެ އުފެއްދުންތަކުން ފެށިގެން ކުކީސް، ބްރާން، ވީޓު ބާ، ގްރޯޓްސް، ނަޓްސް އަދި ހިކި މޭވާ، ތަރުކާރީ ސްޕްރެޑްސް އަދި ޓެރިންސް، ތަރުކާރީ ބުއިން ފަދަ ތަކެތި ސީ ސޯލްޓް، ގްރެނޯލާ، ފިޓަލް، މުސްލީ ލޯ، ސްމާޓް ޓީންސް - ކުޑަކުދިންނަށް ނާސްތާ ސީރިއަލް، މި މަރުކާގައި އުފައްދަ އެވެ.

މި ވަގުތު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައި ވަނީ ބައެއް ޕްރޮޑަކްޓެވެ. ސީރިއަލްގެ 13 ވައްތަރެއް ލިބެން އެބަ ހުއްޓެވެ. ގޯއޮން ބާގެ ވައްތަރުތަކުގެ ތެރޭގައި، އެނާޖީ، ވިޓަމިން، އަދި ޕްރޮޓިން ހިމެނެ އެވެ. މިއީ ހަރަކާތްތެރިވެ އުޅޭ މީހުންނާއި ކަސްރަތުކުރާ މީހުންނަށް ފައްކާ އުފެއްދުމެކެވެ.

ގޯއޮން އެނާޖީ ބާގައި ވިޓަމިންސް، މެގްނީޒިއަމް އަދި ގުއަރާނާއެކު ހުރިހާ މުހިންމު ނިއުޓްރިޝަން ލިބޭ އުފެއްދުމެކެވެ. މި އުފެއްދުމުން ވިޓަމިން ސީ، އީ، ނިއަސިން، ތައިމިން، ޕެންޓޮތެނިކް އެސިޑް، ބީ6 އަދި ބީ12 ލިބެ އެވެ. ގޯއޮން ޕްރޮޓީން ބާ އަށް ކުރިން ވެސް އަދި މިހާރު ވެސް ގިނަ ބަޔަކު ގަޔާ ސަބަބުތަކުގެ ތެރޭގައި ސިއްހީ ފައިދާގެ އިތުރުން ރަހަ މީރުވުން ހިމެނެ އެވެ.

މީގެ އިތުރުން ސީރިއަލްގެ ބާގެ ވައްތަރުތައް ވެސް ލިބެން އެބަ ހުއްޓެވެ.

މި އުފެއްދުންތަކަށް އޯޑަރު ދެއްވަން ގުޅުއްވަނީ 7395919 އަށެވެ. އަރިއާމްގެ ވެބްސައިޓުން އުފެއްދުންތައް ގަނެވޭނެ އެވެ