Advertisement

ހުލާސާކޮށް އިއްޔެ: ސިޔާސަތި ބަދަލުވެ، ފަލީހަތްވުން

10 އޮކްޓޯބަރު 2024 - 06:11 0


ހުލާސާކޮށް އިއްޔެ: ސިޔާސަތި ބަދަލުވެ، ފަލީހަތްވުން

10 އޮކްޓޯބަރު 2024 - 06:11 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ސާފު ހާރިޖީ ސިޔާސަތެއް ހިއްޕަވައިގެންނެވެ. އެމަނިކުފާނުގެ ވާހަކަ އާއި ވިސްނުން ހުންނެވީ އަވައްޓެރި އިންޑިއާ ދުރުކޮށް، ޗައިނާއާއެކު ކުރިއަށް ވަޑައިގަތުމަށެވެ.

ވެރިކަމަށް ވަޑައިގަތުމަށް ރައީސް އެންމެ ބޮޑަށް ވިއްކެވީ ރާއްޖޭގެ ސިޔާދަތަށް އިންޑިއާގެ ސަބަބުން ނުރައްކާވެފައިވާ ވާހަކަ އެވެ. އެމަނިކުފާނުގެ ބަހުރުވައިން ނަމަ ގައުމުގެ އިސްތިގުލާލާއި މިނިވަންކަން އޭރު "އޮޔާދަނީ" އެވެ.

"ފެނިގެން ދަނީ ކޮން މަންޒަރެއްތޯ؟ ފެންނަނ،ީ ގައުމު އޮޔާދާ މަންޒަރު. ހުރިހާ މަންޒަރަކުން ވެސ،ް ހުރިހާ ނަޒަރިއްޔާތަކުން ވެސ،ް ގައުމު އޮޔާދާ މަންޒަރު. ގައުމުގެ މިނިވަންކަން ގެއްލިގެންދާ މަންޒަރު، ގައުމުގެ އިސްތިގުލާލު އޮޔާދާ މަންޒަރ،ު ގައުމުގެ އިގުތިސާދު އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރު،" އޯގަސްޓު 10، 2023، ގައި އިންޑިއާއާ ގުޅުވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.

ޖެނުއަރީ 13، 2024، ގައި ޗައިނާއިން އެނބުރި ވަޑައިގެން ހުޅުލޭގައި ހުންނަވައި، ރައީސް ދެއްވި ސްޕީޗަކީ ރާއްޖެ/އިންޑިއާ ގުޅުން އެންމެ ބޮޑަށް ގޯސްވި ސަބަބެވެ. އެ ދުވަހު ރައީސް އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ދެއްވީ ގައުމެއްގެ ވެރިޔަކު އަދި ޑިޕްލޮމެޓަކު ވެސް ވާހަކަ ދައްކައިގެންނުވާނެހައި ހަރުކަށި ބަހުރުވައަކުންނެވެ.

ރައީސް މުއިއްޒު އެ ދުވަހު ތުހުމަތު ކުރެއްވީ، އިންޑިއާއިން ކުރީގެ ރައީސް ސޯލިހުގެ ސަރުކާރު ގެންގުޅުނީ އަޅުވެތިކޮށްގެން ކަމަށެވެ. ސޯލިހުގެ ސަރުކާރު އަޅުވެތިފައިވާ މިންވަރަކީ، އިންޑިއާއިން ހުއްދަ ނުދެނީސް އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައި ވެސް ނުއިށީންދެވުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ ދުވަހުގެ ވާހަކައިގެ ތެރެއިން، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖެއަކީ އިންޑިއާގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ނިންމާލައްވަމުން އިނގިރޭސި ބަހުން ވިދާޅުވީ، "ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ގަނާ ކުރުމުގެ ހައްގު އެއްވެސް ބަޔަކަށް ނުލިބޭ" ކަމަށެވެ.

ރައީސް މުއިއްޒު ގެންގުޅުވި ސިޔާސަތު ބަދަލުވެފައިވާ މިންވަރު އެ މަނިކުފާނުގެ ރާގާއި ބަސްމަގާއި، އިންޑިއާ ދަތުރުގައި އެކަށައަޅައި ޝާއިއުކުރި ވިޝަން ޑިކިއުމަންޓުން އެނގިގެންދެ އެވެ.

އިތުރަށް ކިޔާލުމަށް

މުހިއްމު ބައެއް ހަބަރު