Advertisement

ހުޅުމާލޭގަ ވަގުފް އިމާރާތެއް އަޅާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި

10 އޮކްޓޯބަރު 2024 - 09:56 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ވަގުފް އިމާރާތް: ހުޅުމާލޭގައި އިމާރާތްކުރަނީ 15 ބުރީގެ ޓަވަރެއް -- ފޮޓޯ: ޕީއެސްއެމް


ހުޅުމާލޭގަ ވަގުފް އިމާރާތެއް އަޅާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި

10 އޮކްޓޯބަރު 2024 - 09:56 0

ހުޅުމާލެގައި ވަގުފް އިމާރާތެއް އަޅާނެ ބަޔަކު ހޯދުމަށް އިސްލާމިކް މިނިސްޓްރީން ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

ދާރުލް ސަލާމްގެ ނަމުގައި ބިނާކުރާ އިމާރާތް އަޅާނެ ބަޔަކު ހޯދުމަށް އެ މިނިސްޓްރީން ފުރަތަމަ އިއުލާނުކުރީ އޮގަސްޓު 15، ގަ އެވެ. ނަމަވެސް މިއަދުގެ އިއުލާނާއެކު ކުރީގެ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.

އަލުން އިއުލާނުކުރީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ އަދަދު އިތުރުކުރުމުގެ ނިޔަތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުންނެވެ. މި މަސައްކަތް ކުރަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ރާއްޖޭގެ އަދި ބޭރުގެ ފަރާތްތަކަށް ވެސް ހުޅުވާލާފައިވާއިރު ބިޑު ޑޮކިއުމެންޓުތައް ފޮނުވަނީ ޝައުގުވެރިކަން ރަޖިސްޓާ ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު 14، ގެ މެންދުރުފަހު 2:00 ގެ ކުރިން އޮންލައިން ކޮށް ފޯމު ފުރަން ޖެހެ އެވެ. އަދި އެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 30، ގެ މެންދުރުފަހު 2:00 ގައި އިސްލާމިކް މިނިސްޓްރީގަ އެވެ.

ކުރިއަށް އޮތް ތިން އަަހަރު ތެރޭ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަގުޕް ޕްރޮޕަޓީއެއް ގާއިމުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެގޮތުން ޑިސެމްބަރު 2023، ގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ވަނީ ރާއްޖޭގައި ވަގުފް ގާއިމު ކުރަން ބޭންކުތަކުން އެހީ ހޯދަން މަޝްވަރާ ކުރަމުންދާ ކަމަށާއި އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކާއި ބީއެމްއެލް އިސްލާމިކްއާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.