Advertisement

"މަތިބަރު، ބޮޑު" އެޗްޑީސީން ރައްޔިތުންނަށް ހިދުމަތް ނުދޭ ކަމަށް ބުނެ މެންބަރު ހުސެއިން ފާޑުކިޔައިފި

9 އޮކްޓޯބަރު 2024 - 15:04 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފު: އޭނާ ވަނީ ރައްޔިތުންނަށް ހިދުމަތް ނުދޭ ކަމަށް ބުނެ އެޗްޑީސީއަށް ފާޑުކިޔާފަ --- ފޮޓޯ: އަދަދު


"މަތިބަރު، ބޮޑު" އެޗްޑީސީން ރައްޔިތުންނަށް ހިދުމަތް ނުދޭ ކަމަށް ބުނެ މެންބަރު ހުސެއިން ފާޑުކިޔައިފި

9 އޮކްޓޯބަރު 2024 - 15:04 1

ސަރުކާރުގެ ކުންފުނިން، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ރައްޔިތުންނަށް ދޭ ހިދުމަތާމެދު ސުވާލު އުފައްދައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފު އެ ކުންފުންޏަށް ފާޑުވިދާޅުވެއްޖެ އެވެ.

ހުސެއިން އެކްސްގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަގުބައްތި ހަރުނުކޮށް އެ ސަރަހައްދު އަނދިރިކޮށް އޮންނަ މައްސަލާގައި މީހަކު ވަޓްސްއެޕް ގްރޫޕެއްގައި ކޮށްފައިވާ މެސެޖެއްގެ ސްކްރީންޝޮޓެކެވެ.

"މަތިބަރު ބޮޑު އެޗްޑީސީ އިން ރައްޔިތުންނަށް ކޮން ހިދުމަތެއްބާ މި ދެނީ،" ހުސެއިން ލިޔުއްވާފައިވެ އެވެ.

މި ޕޯސްޓާއެކު އާންމުން ދަނީ އެޗްޑީސީއަށް ފާޑުކިޔަމުންނެވެ. އެގޮތުން ސަރުކާރުގެ ނުފޫޒުގަދަ މެންބަރަކު މިފަދަ ވާހަކައެއް ދެއްކުމުން އެޗްޑީސީގެ ދޯދިޔާކަން ހާމަވެއްޖެ ކަމަށް އެކަކު ލިޔެފައިވެ އެވެ.

"އެޗްޑީސީގެ މެނޭޖްމަންޓު ބަދަލުނުކޮށް ހިއެއް ނުވޭ ދެން އެތަން ރަނގަޅު ވެދާނެ ހެނެއް،" އޭނާ ލިޔެފައިވެ އެވެ.

ޓުވީޓުކުރުމުގެ ބަދަލުގައި ހިންގުމުގައި ހުރި މައްސަލަތައް ބެލުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފަޒުލް ހާޒިރުކުރުމަށް ވެސް އެކަކު ގޮވާލާފައިވެ އެވެ.

އާންމު ޕްލެޓްފޯމެއްގައި މެންބަރު ހުސެއިން އެޗްޑީސީއަށް ފާޑުކިޔާފައި މިވަނީ އެ ކުންފުނި ހިމެނޭހެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތަކާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕު ހޫނުވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ކޮރަޕްޝަންގެ ވާހަކަތަކާ ގުޅިގެން ބަހުސް ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަފާތެރި މެންބަރުންނާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވަފާތެރި މެންބަރުންގެ މެދުގަ އެވެ.

އެދުވަހުގެ ބަހުސްގެ ތެރެއިން ހުސެއިން ވަނީ އެޗްޑީސީ ގައި ވެސް އޮތީ ކޮރަޕްޝަނާއި ވައްކަން ކަމަށް ވިދާޅުވެ އެކަން ދިފާއުކޮށް ހުޅުވޭނީ ކޮން އަނގައެއްތޯ އައްސަވާފަ އެވެ.