Advertisement

މިއަދުގެ ހަބަރުތައް ކުރުކޮށް

9 އޮކްޓޯބަރު 2024 - 13:27 0

އެމްއެފްޑީއޭ ހިންގާ އިމާރާތް:


މިއަދުގެ ހަބަރުތައް ކުރުކޮށް

9 އޮކްޓޯބަރު 2024 - 13:27 0

ހިންނަވަރު "އަތުޖެހި" ވިއްކަނީ ރަޖިސްޓްރީނުކޮށް ކަމަށް ބުނެފި

"ބްރައިޓް ވިއު" އިން ވިއްކާ "ހިންނަވަރު އަތުޖެހި" އަކީ މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ރަޖިސްޓްރީ ކޮށްގެން ވިއްކާ އެއްޗެއް ނޫން ކަމަށް އެ އެތޯރިޓީން މިއަދު ބުނެފި އެވެ.

އެމްއެފްޑީއޭއިން ބުނީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލުގެ ދަށުން އެ އޮތޯރިޓީގައި އެތަން ދަފްތަރު ކޮށްފައިވާ ނުވާ ކަމަށެވެ. އެ ވިއްކާ ޕެކެޓުގައި ޖަހާފައި ވަނީ ސައްހަ ނަންބަރެއް ނޫން ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެ އެވެ.

އެ އުސޫލުގެ ދަށުން ދަފްތަރު ކޮށްފައިވާ ތަންތަނާއި އުފެއްދުންތައް ދިރިތި ޕޯޓަލް އާއި ވެބްސައިޓުގައި އާންމު ކުރަމުންދާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.

ކާބޯތަކެތި ގަތުމުގައި ހާއްސަ ސަމާލު ކަމެއްދިނުމަށް އިލްތިމާސްކޮށް، އެމްއެފްޑީއޭއިން ބުނީ އުސޫލާއި ހިލާފަށް އެއްވެސް ފަރާތަކުން އަމަލު ކުރާކަން ފާހަގަވެގެއްޖެނަމަ އެ އޮޓޯރިޓީގެ ނަންބަރު 7603204، 3014361 އަށް ގުޅުމަށް އެދޭ ކަމަށެވެ.

މަސް ދޯނިތަކުގެ ޖީޕީއެސް ނިވިއްޖެ ނަމަ އަމަލު ކުރަންޖެހޭ ގޮތް އިއުލާނުކޮށްފި

މަސް ދޯނިތަކުގައި ހަރުކޮށްފައި ހުންނަ ވީއެލްޑީ ނިވިއްޖެ ނަމަ ނުވަތަ ޖީޕީއެސް ސިސްޓަމް މަސައްކަތް ނުކުރާ ނަމަ އަމަލު ކުރަންޖެހޭ އުސޫލުތައް އިއްޔެ ސަރުކާރުން ގެޒެޓުކޮށްފި އެވެ.

ސަރުކާރުން އެ އުސޫލުތައް ބަޔާން ކުރީ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހެއްގަ އެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން، މަސްވެރި އުޅަނދެއްގެ ލޮކޭޝަން ނުފެންނަ ކަމަށް ސަރުކާރުން އުޅަނދުގެ ކެޔޮޅަށް އަންގައިފި ނަމަ، ކޮންމެ ހަތަރު ގަޑިއިރަކުން އުޅަނދު އޮތް ސަރަހައްދު ސަރުކާރަށް އަންގަންޖެހޭނެ ކަަމަށެވެ.

އުޅަނދު އޮތް ސަރަހައްދު އަންގަންޖެހޭނީ ތޫލާއި އަރުލު އެނގޭ ގޮތަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ. އިއްޔެއިން ފެށިގެން އެ އިސްލާހަށް އަމަލު ކުރަން ވަނީ ފަށައިފަ އެވެ.

ރާއްޖެއާއެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

ރާއްޖެއާއެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ޖަޕާނުގެ އާ ބޮޑުވަޒީރު ޝިގޭރޫ އިޝީބާ މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު އިޝީބާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވުމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ވިދާޅުވީ، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރަން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ބޮޑުވަޒީރު ވިދާޅުވީ، ރާއްޖެއާއެކު މަސައްކަތްކޮށް "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" އަކާ ހަމައަށް ދިޔުމަށް މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު އިޝީބާ މަގާމާ ހަވާލުވެވަޑައިގަތީ އޮކްޓޯބަރު 1، 2024، ގަ އެވެ.