Advertisement

އަލްހާންގެ ތިންބެއިން ދައުވާތަކަށް އިންކާރުކޮށްފި

8 އޮކްޓޯބަރު 2024 - 18:59 0

މޫސާ ނާޝިއު

މޫސާ ނާޝިއު

އަލްހާންގެ ތިން ބެއިންނާއި ވަކީލުން ކޯޓުގައި--


އަލްހާންގެ ތިންބެއިން ދައުވާތަކަށް އިންކާރުކޮށްފި

8 އޮކްޓޯބަރު 2024 - 18:59 0

ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއެއްގެ މައްޗަށް ކުރާ ޓެކުމުގެ ދައުވާތަކަށް އެ ތިން މީހުން އިންކާރުކޮށްފި އެވެ.

އެ މައްސަލާގައި ދައުވާކުރީ މ. ފިނިވާގެ 2 ނަންބަރު ބައި, އަލްހާން ފަހުމީ އަދި މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ކަމަށްވާ ސަހުބާން ފަހުމީގެ އިތުރުން ސ. ފޭދޫ, ބޮންތި, ޝަޒްބާން ފަހުމީގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ޓެކުމުގެ 13 ދައުވާއެއް ހުށައަޅާފައިވެ އެވެ. އެއީ އެ މީހުން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ނަގައި އަނބުރާ ނުދިނުމުގެ ސަބަބުން ގެއްލުންވި 13 މީހުންގެ ފަރާތުން ކޮންމެ މީހެއްގެ ބައިން ވަކި ދައުވާއެކެވެ. އަދި މި ހުރިހާ ދައުވާތަކަކަށް ވެސް އެމީހުން ވަނީ އިންކާރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ވަކީލުން މެދުވެރިކޮށް، ތިން މީހުން ވެސް ބުނީ ދައުލަތުން އުފުލި ދައުވާ ސާފުނުވާ ކަމަށެވެ. މި މައްސަލާގގައި ދައުވާ ލިބޭ ތިން މީހުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އަލީ ސައީދު ތަމްސީލު ކުރައްވާއިރު، ސަހުބާން އަދި ޝަޒްބާންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އާޒިމާ ޝަކޫރު ތަމްސީލު ކުރައްވަ އެވެ.

އެ މައްސަލާގައި ތިން އުންސުރެއް ސާބިތުކޮށްދޭން ޖެހެ އެވެ. އެގޮތުން މަންފާ ހޯދިތޮ ދައްކަން ދައުލަތުގެ ފަރާތުން ހެކި ހުށައަޅާފައިވާނެ ކަމަަށާއި ފައިސާ އަތުލައިފަ ވޭތޯ ސާބިތުކުރުމަށް ވެސް ހެކި ހުށައަޅާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި މީގެއިތުރުން ދެފަރާތުން އެއްބަސް ވެފައިވާ ގޮތަށް ކަންތައް ކޮށްދީފައިވޭތޯ ސާބިތުކުރުމަށް ވެސް ހެކި ހުށައަޅާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

މީގެއިތުރުން ދިފާއީ ވަކީލުން ވިދާޅުވީ މައްސަލައިގައި ތިން މީހުންގެ މައްޗަށް އެއްވަރަކަަށް އެއްގޮތަކަށް ދައުވާ އުފުލާފައިވި ނަމަވެސް ވަކިވަކިން ކޮންމެ މީހެއްގެ ބައި އޮޅުންފިލުވައި ދިނުމަށެވެ.

މިކަމުގެ ރައްދެއްގެ ގޮތުގައި ދައުލަތުން ބުނީ ހެކީގެ ގޮތުގައި ހުށައަޅާފައިވާ "ފައިނޭންޝިއަލް އެނެލިސިސް ރިޕޯޓް" އިން އިނގިގެން ދާނެ ކަމަށެވެ. އަދި އަލްހާންގެ މައްޗަށް ޕޮންޒީ ސްކީމް ޕްރޮމޯޓުކުރި މީހާގެ ގޮތަށް ބަލާ ކަމަށާއި އެ ކުންފުނީގެ 90 އިންސައްތަ ހިއްސާދާރަކީ ވެސް އަލްހާންކަން ދައުލަތުން ފާހަގަކުރި އެވެ. މީގެއިތުރުން ސަހުބާންގެ ހިއްސާ ކުންފުނީގެ 10 އިންސައްތައިގައި އޮންނައިރު މީނާގެ ބައިވެރިވުން އޮތީ އިންވެސްޓް ކުރުމުގެ މަރުހަލާގައި ކަން ދައުލަތުން ފާހަގަކުރި އެވެ. އަދި ޝަޒްބާންގެ 30 އިިންސައްތް ހިމެނޭ އެހެން ކުންފުންޏެއް އޮންނަ ކަމަށާއި އެ ކުންފުނީގެ ހިއްސާ އަލްހާން މެންގެ ކުންފުނީގައި އޮންނަ ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލލަ ބައްލަވަނީ ގާޒީ އިބުރާހިމް ޝަފީއު އެވެ. އަދި ދައުވާ ލިބޭ ފަރާތުގެ އެދުމުގެ މަތިން އެ މައްސަލައިގައި ކޯޓަށް ހާޒިރުވެ ކުރިއަށް ގެންދިއުމަށް މިއަދު ޝަރީއަތުން ނިންމެވި އެވެ.

އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން އެ ތިން ބެއިން ހިންގާ ކިންގްސް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް, ހިންގި އެ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަނީ އިންވެސްޓުކޮށްފަ އެވެ.