Advertisement

ސިޔާސަތުތައް އެކުލަވާލުމުގައި މިންތީގެ ހަމަހަމަ ކަން މުހިންމު: މިނިސްޓަރު ހައިދަރު

9 އޮކްޓޯބަރު 2024 - 09:10 1

މޫސާ ނާޝިއު

މޫސާ ނާޝިއު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު. މިނިސްޓަރު ވިދާޅުވީ މިންތީގެ ހަމަހަމަ ކަން ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ވާނެކަމަށް---ފޮޓޯ: ހައުސިން މިނިސްޓްރީ


ސިޔާސަތުތައް އެކުލަވާލުމުގައި މިންތީގެ ހަމަހަމަ ކަން މުހިންމު: މިނިސްޓަރު ހައިދަރު

9 އޮކްޓޯބަރު 2024 - 09:10 1

ދުރު ރާސްތާ ޕްލޭން އެކުލަވާލައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މިންތީގެ ހަމަހަމަކަން މުހިންމު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ކުރިއަށް ދިޔަ ދިގު މުއްދަތުގެ ގައުމީ ޕްލޭން ފެށުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ އެ ޕްލޭން އެކުލަވާލުމުގައި އަންހުންނަށް އިސްކަން ދީގެން ހިންގާފައިވާ ސާވޭތައް ހިމެނިފައިވާނެ ކަމަށެވެ. އަދި ސިޔާސަތުތައް އެކުލަވާލުމުގައި މިންތީގެ ހަމަހަމަ ކަން ނުގެނެވޭ ކަން ވެސް މިނިސްޓަރު ފާހަގަކުރި އެވެ.

"މިހާރު ތަފާސްހިސާބުތައް ނެގުމުގައި އަންހެނުންނަށް ސަމާލުކަން ދެވިގެން ނެގޭ ތަފާސް ހިސާބަކީ އަޅުގަނޑުމެން ތަރައްގީގެ މަސައްކަތުގަ ވަރަށް މުހިންމު މައުލޫމާތަކަށް ވާނެ. ގިނަފަހަރު އޮންނަނީ މިންތީގެ ހަމަހަމަ ކަން ނުގެނެވިފަ ސިޔާސަތުތައް އެކުލަވާލުމުގަ،" މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވީ ސިޔާސަތުތައް އެކުލަވާލުމުގައި މިހާރު ހެއްކާއި ގަރީނާގެ މައްޗަށް ބުރަވެ އެއާ އެއްގޮތަށް މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހުރިހާ މައުލޫމާތެއް ވެސް މިކަމުގައި މުހިންމު ވާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ރަށަކަށް ދާއިރާގެ މެންބަރު މެދުވެރިކޮށް ނުވަތަ މިނިސްޓްރީގެ ފަރާތަކުން ޓީމެއް ގޮސް ހުރިހާ މައުލޫމާތެއް ނަގާނެ ކަމަށާއި އަދި ޕްލޭން ހެދުމުގައި ރައްޔިތުން ދެކޭ ގޮތް މުހިންމު ކަމަށާއި އެ މައުލޫމާތުތައް ވެސް ހިމަނާނެ ކަމަށެވެ.

ދިގު މުއްދަތުގެ ގައުމީ ޕްލޭން އެކުލަވާލުމަށް ނިންމާފައިވަނީ ކުރިއަށް އޮތް 20 އަހަރުގެ މުއްދަތަށެވެ. މި ޕްލޭން ފެށުން އިފްތިތާހުކޮށްދެއްވީ މިނިސްޓަރު އަލީ ހައިދަރެވެ. އަދި މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަނބިކަނބަލުންނާއި ޖެންޑާ މިނިސްޓަރު އާއިޝަތު ޝިހާމް ބައިވެރިވެ ވަޑައިގެންނެވި އެެވެ.