Advertisement

ރިހާން، މެރާލް، ތަޒްކިޔާ އަދި އިޒްޔާން އަށް ގައުމީ ރެކޯޑްތަކެއް

6 އޮކްޓޯބަރު 2024 - 16:07 0


ރިހާން، މެރާލް، ތަޒްކިޔާ އަދި އިޒްޔާން އަށް ގައުމީ ރެކޯޑްތަކެއް

6 އޮކްޓޯބަރު 2024 - 16:07 0

ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓް ކޯސް (25މީޓަރު) އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް 2024 ގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު ރިހާން ޝިހާމް، މެރާލް އައިން ލަތީފް، އިޒްޔާން ނާޒިމް އަދި އަމްނާ ތަޒްކިޔާ މިރްސާދު ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.

އެ ގޮތުން، ރިހާން ވަނީ ހަ އިވެންޓެއްގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. މެރާލް އާއި އަމްނާ، ކޮންމެ އެތުލީޓަކު، ހަތަރު ގައުމީ ރެކޯޑް މުގުރާލިއިރު، އިޒްޔާން ވަނީ ދެ އިވެންޓެއްގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

ރިހާން ގައުމީ ރެކޯޑް ހަދާފައިވާ އިވެންޓްތަކަކީ، 50، 100، 200 މީޓަރު ބަޓަފްލައި އިވެންޓާއި 50، 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ އިތުރުން، 200 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ.

ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުން ރިޙާން ރެކޯޑް އާކޮށްފައިވަނީ 00.27.06 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ނިޝްވާން އިބްރާޙީމެވެ. އެއީ، 2014 ވަނަ އަހަރު ބޭއްވުނު 12 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕް (25 މީޓަރު) ގައި 00.27.68 އިން މިއިވެންޓު ފުރިހަމަ ކޮށްގެންނެވެ. ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ރިޙާން އާކޮށްފައިވަނީ 00.59.69 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި ވާދަކޮށް ނިޝްވާން އެވެ. އެއީ، 01.00.71 ޓައިމިން އަކުންނެވެ. ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ރިޙާން އާކޮށްފައިވަނީ 02.21.75 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީވެސް ރިޙާން އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު 16 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕް (25 މީޓަރު) ގައި 02.27.12 އިން ރޭސް ނިންމައިގެންނެވެ.

ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ރިޙާން އާކޮށްފައިވަނީ 00.29.06 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ޢަލީ އިމްޢާން އެވެ. އެއީ، 2021 ވަނަ އަހަރު ބޭއްވުނު ސްވިމިން ވޯލްޑް ކަޕް 2021 (ލެގް 4)ގައި 00.29.23 އިން ރޭސް ފުރިހަމަކޮށްގެންނެވެ. ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ރިޙާން އާކޮށްފައިވަނީ 02.03.06 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މުބާލް އަޢްޒާމް އިބްރާޙީމް އެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 02.05.04 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ރިޙާން އާކޮށްފައިވަނީ 01.02.81 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އިމްޢާން އެވެ. އެއީ، 2021 ވަނަ އަހަރު ބޭއްވުނު 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި ވާދަކޮށް، 01.03.02 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ތަޒްކިޔާ އާ ކޮށްފައިވަނީ، 50، 100 އަދި 200 މީޓަރުގެ ފްރީސްޓައިލް ރެކޯޑާއި 200 މީޓަރުގެ އިންޑިވިޖުއަލް މެޑްލޭ ރެކޯޑް އެވެ.

އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް ތަޒްކިޔާ އާކޮށްފައިވަނީ 00.28.55 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މި އަހަރު މެދުތެރޭގައި ބޭއްވުނު ޔޫޑަބްލިއުއޭ ވެސްޓްކޯސްޓް ކްލަބް ނައިޓް ނަންބަރު 7 ގައި 00.28.75 އިން ރޭސް ނިންމައިގެން އައިޝަތު އުލްޔާ ޝާއިގް އެވެ. ތަޒްކިޔާ، އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 01.03.68 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އާމިނަތު ޝަޖަން އެވެ. އެއީީ، 2014 ވަނަ އަހަރު ބޭއްވުނު ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި 01.06.01 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. އަންހެނުންގެ ޝޯޓްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ތަޒްކިޔާ އާކޮށްފައިވަނީ 02.20.65 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ޝަޖަން އެވެ. އެއީީ، 2014 ވަނަ އަހަރު ބޭއްވުނު ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި 02.28.41 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އަންހެނުންގެ ޝޯޓްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް ތަޒްކިޔާ އާކޮށްފައިވަނީ 02.42.67 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މި އަހަރު މެދުތެރޭގައި ބޭއްވުނު ރަޝްމޫ ރޯޔަލްސް ސަމާ (އެލް2) ޝޯޓްކޯސް އޯޕަން މީޓް 2024 ގައި 02.45.14 އިން ރޭސް ނިންމައިގެން މެރާލް އެވެ.

މެރާލް މި ފަހަރު ހެދި ގައުމީ ރެކޯޑްތަކަކީ، 50، 100، 200 މީޓަރު ބަޓަފްލައި އިވެންޓާއި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ ރެކޯޑް އެވެ.

އަންހެނުންގެ ޝޯޓްކޯސް 50 މީޓަރ ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް މެރާލް، އާކޮށްފައިވަނީ 00.31.41 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އުލްޔާ އެވެ. އެއީ މި އަހަރުގެ ބްރޭކާސް ބިގް ސްޕްލޭޝް، ޖޫން 2024 ގައި ވާދަކޮށް، 00.31.76 އިން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް މެރާލް ހެދީ 01.11.52 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް މެރާލް އެވެ. އެއީ މި އަހަރުގެ ރަޝްމޫ ރޯޔަލްސް ސަމާ (އެލް2) ޝޯޓްކޯސް އޯޕަން މީޓް 2024 ގައި 01.13.94 އިން ރޭސް ނިންމައިގެންނެވެ. އަންހެނުންގެ ޝޯޓްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް މެރާލް ހެދީ 02.54.06 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް މެރާލް އެވެ. އެއީ، މިދިޔަ އަހަރުގެ މިޑްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔާގައި 02.54.52 އިން ރޭސް ނިންމައިގެންނެވެ. އަދި އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މެރާލް އާ ކުރީ، 01.14.07 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ޙަމްނާ އަޙްމަދު އެވެ. އެއީ 2021 ވަނަ އަހަރު ބޭއްވުނު 15 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕް (25 މީޓަރު) ގައި ވާދަކޮށް، 01.15.82 އިން ރޭސް ނިންމައިގެންނެވެ.

އިޒްޔާން ރެކޯޑް ހަދާފައިވަނީ، 100 އާއި 200 މީޓަރު ބްރެސްޓްރޯކް އިވެންޓުންނެެވެ.

ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އިޒްޔާން މުގުރާލީ 01.12.85 އިން ރޭސް ނިންމައިގެންނެވެ. މިއީ، 12 އަހަރު ވަންދެން މުގުރާނުލެވި އޮތް ރެކޯޑެކެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ހަސަން އަޝްރަފް އެވެ. އެއީ، 2012 ވަނަ އަހަރު ބޭއްވުނު 11 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕް (25 މީޓަރު) ގައި 01.12.91 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އިޒްޔާން އާކޮށްފައިވަނީ 02.37.35 އިން ރޭސް ނިންމައިގެންނެވެ. މިއީ ވެސް، 12 ވަރަކަށް އަހަރު މުގުރާނުލެވި އޮތް ރެކޯޑެކެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް ވެސް އެންމެ ފަހުން އޮތީ އަޝްރަފް އަތުގަ އެވެ. އެއީ، 2012 ވަނަ އަހަރު ބޭއްވުނު 11 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 02.40.57 އިން ރޭސް ނިންމައިގެންނެވެ.