Advertisement

ކާވަހާލް އަށް އަނިޔާވެ މި ސީޒަނުގައި ދެން ނުކުޅެވޭނެ

6 އޮކްޓޯބަރު 2024 - 07:26 0


ކާވަހާލް އަށް އަނިޔާވެ މި ސީޒަނުގައި ދެން ނުކުޅެވޭނެ

6 އޮކްޓޯބަރު 2024 - 07:26 0

މެޑްރިޑް (އޮކްޓޫބަރު 6) - ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑެނީ ކާވަހާލް އަށް އަނިޔާވެ، މި ސީޒަނުގައި ދެން ނުފެނިދާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗޮލެޓީ ބުނެފި އެވެ.

ރޭ ވިޔަރެއާލްއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގެ އިތުރު ވަގުތުގައި ކާވަހާލް އަށް އަނިޔާވެ، ދަނޑުން ބޭލީ އަށިގަނޑުގަ އެވެ. މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ ބުނީ ކާވަހާލްގެ އަނިޔާ ސީރިއަސް ކަމަށް ބެލެވޭ ކަމަށެވެ.

އޭގެ ފަހުން ކާވަހާލް އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ, ކަކުލުގެ އޭސީއެލް އަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އަނިޔާއިން ސަލާމަތްވުމަށް މަސްތަކެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް ކާވަހާލް ބުންޏެވެ.

"ކަކުލުގެ އޭސީއެލް އަށް ސީރިއަސް އަނިޔާއެއްވެފައިވާ ކަން ޔަގީންވެއްޖެ. (އަނިޔާއިން) ސަލާމަތްވުމަށް ސާޖަރީ އެއް ކުރަން ޖެހޭނެ. އެހެންވެ, މަދު މަސްތަކެއް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ" ކާވަހާލްގެ ޕޯސްޓުގައި އޭނާ ބުންޏެވެ.

ކާވަހާލް އިތުރަށް ބުނީ އަނިޔާއިން އަރައިގަތުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަނިޔާއިން ސަލާމަތްވެ, އެނބުރި އަންނަނާނީ ވަރުގަދަކޮށް ކަމަށް ކާވަހާލް ބުންޏެވެ.

ކާވަހާލްގެ އަނިޔާއާ ގުޅިގެން ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ބުނީ، ކާވަހާލް އަށް ދޭން ޖެހޭ އެއްބާރުލުން ރެއާލްގެ ކުޅުންތެރިން ދޭނެ ކަމަށެވެ.