Advertisement

ގޯސްތަކެއް ހެދި ބާސެލޯނާ އަތުން ދެ ގޯލުގެ ލީޑެއް ގެއްލިއްޖެ

about 7 hours 0


ގޯސްތަކެއް ހެދި ބާސެލޯނާ އަތުން ދެ ގޯލުގެ ލީޑެއް ގެއްލިއްޖެ

about 7 hours 0

ވީގޯ، ސްޕެއިން (ނޮވެމްބަރު 24) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި ފަހު ވަގުތު ހެދުނު ގޯސްތަކެއްގެ ސަބަބުން ސެލްޓަ ވީގޯ އިން 2-2 އިން އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު ލީގުގެ އެއް ވަނައިގައި ބާސެލޯނާގެ ލީޑު ކުޑަވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 14 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 12 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. ރެއާލުން މެޗު ހަަމަކުރާއިރު، ބާސެލޯނާއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވުމުގެ ފުރުސަތު އެބައޮތެވެ.

ރަށުންބޭރުގައި ކުޅުނު ބާސެލޯނާ އިން ލީޑުނެގީ 15 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ގޯލުންނެވެ. މިއީ ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ރަފީނިއާ ޖެހި ގޯލެކެވެ. މިއީ، މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ރަފީނިއާ ޖެހި 13 ވަނަ ގޯލެވެ.

މެޗުގެ 61 ވަނަ މިނިޓްގައި ރަފީނިއާ ދިން ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، މި ފަހަރު ލީގުގައި ލެވަންޑޯސްކީގެ 15 ވަނަ ގޯލެވެ.

ބާސެލޯނާ އަށް މައްސަލަ ދިމާވީ، 82 ވަަނަ މިނިޓްގައި މާކް ކަސާޑޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭގެ ދެ މިނިޓް ފަހުން، ސެލްޓަގެ ފުރަތަމަ ގޯލު ޖެހީ އަލްފޮން ގޮންޒާލޭޒް އެވެ. އަދި މި ލަނޑު ޖެހިތާ މާ ލަސްތަކެއް ނުވެ، ދެ މިނިޓް ފަހުން، ހޫގޯ އަލްވާރޭޒް ވަނީ ދެ ވަނަ ގޯލު ޖަހައި، ސެލްޓަ އަށް އެއްވަރުކޮށްދީފަ އެވެ.