Advertisement

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

about 11 hours 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ޕީއެންސީން މަޖިލިސް އިންތިހާބުގެ ކުރިން މާލޭގައި ބޭއްވި ރެލީއެއްގައި ރައީސް މުއިއްޒު ޕާޓީގެ ސަޕޯޓަރުންނާއެކީ: ޕީއެންސީން އަމާޒު ހިފާފައި ވަނީ އަންނަ މަހުގެ ނިޔަލަށް އެ ޕާޓީއަށް 70،000 މެމްބަރުން ހަމަކުރަން -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

about 11 hours 0

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ފައްޓަވައި ދެއްވީ ހުޅުމާލޭގައި ހުންނަ ޕީއެންސީގެ ޔޫތު ހައުސްއަށް ވަޑައިގެން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފެށީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި ޕީއެންސީއަށް 10،000 މެންބަރުން އިތުރު ކުރި އެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު 20،000 ފަހަނައަޅައި ދިޔައީ މިއަހަރު އޭޕްރިލް 21، ގައި އޮތް މަޖިލިސް އިންތިހާބު ކެމްޕެއިނު ދުވަސްވަރެވެ. އެއަށްފަހު ޕީއެންސީ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު އަނެއްކާ ވެސް އެ މަސައްކަތް ވަނީ ފަށައިގެންފަ އެވެ.

އެ ޕާޓީގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް މެންބަރުންގެ އަދަދު 70،000 އަށްވުރެ އިތުރު ކުރަން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު މިދިޔަ މަހު 11 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެ އެވެެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައީސް އެންމެފަހުން ރޭ އޮތް ޖަލްސާގައި ވިދާޅުވިފަދައިން ހަމަ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 70،000 މެންބަރުން ޕީއެންސީއަށް ވެއްދުން، އިނގޭތޯ،" ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގާތްގަނޑަކަށް މިހާރު ޕީއެންސީގެ މެންބަޝިޕް، ސައްހަ މެންބަރުންގެ އަދަދަކީ 28،000، މި މަސައްކަތް ފެށިއިރު. އެހެންވީމާ ނޮވެމްބަަރު މަހުގެ ނިޔަލަށް އަޅުގަނޑުމެންނަށް ހަމަ 100 ޕަސެންޓު ޔަގީން 70،000 ހަމަ ކުރެވޭނެ. އެހެންވެއްޖެއްޔާ އެއީ ގާތްގަނޑަކަށް 45،000 ނޫނީ 49،000 މެންބަރުން މި އިތުރު ކުރެވެނީ."

ސަރުކާރުގެ ކޮންމެ މިނިސްޓަރަކު 500 ފޯމު ހަމަކުރުމަށް ވެސް ލީޑާޝިޕް އިން ވަނީ އަންގައިފަ އެވެ. އޭގެ ތެރެއިން ބައެއް މިނިސްޓަރުން މިހާރު ފޯމު ހަމަކޮށް ހުށައަޅާފައިވާ ކަން ވެސް އިތުބާރުހުރި މަސްދަރުތަކުން "އަދަދު" ނޫހަށް ކަށަވަރުކޮށްދެ އެވެ. އޭގެ އިތުރުން މަޖިލިސް މެމްބަރުންނަށް ވެސް ވަނީ ކޮންމެ މެމްބަރަކު 300 ފޯމު ހުށަހަޅަން އަންގާފައި ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.