Advertisement

ވާދައަށް ރޭސް ޖަހައި ނެރަކަށް ވަންނަން އުޅުނު ލޯންޗުތަކެއްގެ މައްސަލަ ބަލަނީ

ބާރު ސްޕީޑުގައި ލޯންޗްތަކެއް ދުއްވުން: އެ މައްސަލަ މެރިން ޕޮލިސްއިން ބަލަން ވަނީ ފަށާފައި


ވާދައަށް ރޭސް ޖަހައި ނެރަކަށް ވަންނަން އުޅުނު ލޯންޗުތަކެއްގެ މައްސަލަ ބަލަނީ

އއ. ތޮއްޑޫ ނެރަށް ވާދައަށް ލޯންޗުތަކެއް ވަންނަން އުޅުނު މައްސަލައެއް މެރިން ޕޮލިސްއިން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ނަސްރު ސްޕީޑް، ރިލެކްސް ގޯލްޑް އަދި ރަމްޒު ކުއީން ލޯންޗު ރަށެއްގެ ނެރަކަށް ވަންނަން ދުއްވީ ވާދައަށެވެ.

އެ ވީޑިއޯ އާންމުކުރި މީހާ ބުނީ އެ ތިން ލޯންޗަކީ ވެސް ބާރު ސްޕީޑުގައި ދަތުރުކުރާ ތިން ލޯންޗު ކަމަށާއި އޭގެއިން ދަތުރުކުރާ މީހުންގެ ފުރާނައާ މެދު ލޯންޗުގެ ކެޕްޓަނުން ނުވިސްނާ ކަމަށެވެ.

އެގޮތުން ލޯންޗު ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުންނަށް ފިޔަވަޅު އަޅައި، ލައިސަންސް ހިފަހައްޓަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގައި ބާރު ސްޕީޑުގައި ލޯންޗު ދުއްވައިގެން އެކްސިޑެންޓުތައް ހިނގައި، ބައެއް މީހުންނަށް ފުރާނައަށް ނުރައްކާވާ ވަރުގެ ގެއްލުން ލިބި، ބައެއް މީހުން މީގެ ކުރިން މަރުވެސް ވެފައި އެބަ ހުއްޓެވެ.