Advertisement

އިސްލާމް ދީން ކުރިއަރުވާ ސަރުކާރެއް މިއަދު އޮތުމުން އުފާވާން ޖެހޭ: ޝަހީމް

5 އޮކްޓޯބަރު 2024 - 12:02 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: އިސްލާމްދީން ކުރިއަރުވާ ސަރުކާރެއް މިއަދު އޮތުމުން އުފާވާން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އިސްލާމް ދީން ކުރިއަރުވާ ސަރުކާރެއް މިއަދު އޮތުމުން އުފާވާން ޖެހޭ: ޝަހީމް

5 އޮކްޓޯބަރު 2024 - 12:02 2

ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވާ ސަރުކާރެއް މިއަދު އޮތުމުން އެކަމާ އުފާވާން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ޝަހީމް ވިދާޅުވީ އިސްލާމީ ހަލާރާތް ކުރިއަރުވާ ސަރުކާރެއް މިއަދު އޮތުމުން އުފާވާން ޖެހޭ ކަމަށާއި އެއީ މާތްﷲ މިންވަރު ކުރެއްވި ބޮޑު ނިއުމަތެއް ކަމަށެވެ.

"މިއަދު ދިވެހިރާއްޖޭގެ އިސްލާމީ ހަލާރާތަށް 898 އަހަރު ވެގެންދިޔައިރު އަޅުގަނޑުމެން އެންމެ އުފާވާން ޖެހޭ އެއް ކަމަކީ އަޅުގަނޑުމެންގެ ގައުމުގައި އިސްލާމް ދީނުގެ ހަލާރާތު ކުރި އެރުވުމަށްޓަކައި އަޒުމާއެކު މަސައްކަތް ކުރާ ސަރުކާރެއް މިތަނުގައި ގާއިމުވެފައި އޮތްކަން. މި ހާލަތު ނެތްނަމަ އަޅުގަނޑުމެން އެތައް ގުނައެއް ހިތާމަ ކުރަން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމް ދީން މިހާ ދުވަހަށް ދެމިގެން ދިޔައީ އެކި ޒަމާންތަކުގައި އެކި ފެންވަރަށް އެކި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ކުރެވޭ މަސައްކަތުން ފެނިގެން ދާނީ ކުރިއަށް އޮތް ގަރުނަށް ދިވެހި ގައުމު އިސްލާމީ އަގީދާއާއެކު ވަރުގަދަ ކަމާއެކު ފޯރުކޮށްދޭނެ ޒަމާނެއް ކަމަށެވެ.

އެހެންކަމުން ހެޔޮ ކަންތައްތަކަށް އަމުރުކޮށް، ނުބައި ކަންތައްތައް ނަހީ ކުރުމުގެ މަތިވެރި އަސާސް މުޖުތަމައުގައި ދަމަަހައްޓަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ޝަހީމް ވިދާޅުވީ މިއަދަކީ މުދައްރިސުންގެ އަޒުމް އާކޮށް، އިސްލާމް ދީނުގެ ހިދާޔަތުގެ މައްޗަށް ދިވެހި ގައުމު ތަރުތީބު ކުރުމަށް އާ އަޒުމަކާ އެކު މަސައްކަތް ކުރަންވީ ދުވަސް ކަމަށެވެ.