Advertisement

ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓު؛ ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ

about 12 hours 0


ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓު؛ ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ

about 12 hours 0

ބޯކޮށް ވާރޭ ވެހި، ވައިގަދަ ވާނެ ކަމަށް ލަފާކޮށް ދެކުނުގެ ތިން އަތޮޅަށް ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ދެކުނު ހަތަރު އަތޮޅަށް ފުރަތަމަ ޔެލޯ އެލާޓު ނެރުނު ފަތިހު އެވެ. މިހާރު ވަނީ ދެ ވަނަ ޔެލޯ އެލާޓު ނެރެފަ އެވެ.

ހެނދުނު 8:30 އިން މެންދުރު 12:30 އަށް ނެރެފައިވާ އެ އެލާޓުގެ ވަގުތުގައި ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލައް އަދި އައްޑު އަށް ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުގަދަވާނެ ކަމަށް ލަފާކުރެ އެވެ.

ގއ. އަތޮޅުން ވާހަކަ ދެއްކި މީހަކު ބުނީ ފަތިހުން ފެށިގެން އެ އަތޮޅަށް ވެސް ބޯކޮށް ވާރޭ ވެހި ވައިގަދަ ކަމަށެވެ.