Advertisement

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

3 އޮކްޓޯބަރު 2024 - 18:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ މީރާގެ މައި އޮފީސް -- ފޮޓޯ: އަދަދު ފައިލް


ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

3 އޮކްޓޯބަރު 2024 - 18:42 0

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ނަން ހުށަހެޅުމުގެ ސުންގަޑި އަކީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލާ ފޯމު ހުށަހަޅަން ޖެހެނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ދޭތެރޭގައި ރައީސް އޮފީހަށެވެ.

މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިއަދު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.