Advertisement

މާލީ ހާލަތު ދަށްވުމުން އިސްލާމީ މަރުކަޒުގައި މަސް ފެންގަނޑެއް ހަދަން ކުރި އިއުލާން ބާތިލުކުރަން ނިންމައިފި

3 އޮކްޓޯބަރު 2024 - 10:13 3

މޫސާ ނާޝިއު

މޫސާ ނާޝިއު

އިސްލާމީ މަރުކަޒު. އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑު ހަދަންކުރި އިއުލާން ބާތިލުކޮށްްފި----ފޮޓޯ: އަބްދުﷲ އިޔާން


މާލީ ހާލަތު ދަށްވުމުން އިސްލާމީ މަރުކަޒުގައި މަސް ފެންގަނޑެއް ހަދަން ކުރި އިއުލާން ބާތިލުކުރަން ނިންމައިފި

3 އޮކްޓޯބަރު 2024 - 10:13 3

އިގުތިސާދީ ހާލަތު ދަށުވުމުގެ ސަބަބުން އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑެއް ހެދުމަށް އިއްޔެ ކުރި އިއުލާން ބާތިލުކުރުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިގުތިސާދު އޮތްގޮތުން މި މަަސައްކަތަކީ މިވަގުތު ކުރަން އެންމެ ރަނގަޅު މަސައްކަތެއް ނޫން ކަމަށެވެ. އަދި އެ އިއުލާން ބާތިލުކުރަން މިހާރު އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިގުތިސާދު އޮތްގޮތުން މިވަގުތު މި ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީވެ މި އިއުލާން ބާތިލުކުރަން ވާނީ އަންގާފައި" މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ.

އެ ފެންގަނޑަކީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެއް ކަމަށާއި އެތަން މަރާމާތުކުރުމުގެ މަސައްކަތެއް ދާ ކަމަށް ވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މަސްފެންގަނޑު ހެދުމަށް އިއްޔެ އިއުލާން ކުރީ އިސްލާމީ މަރުކަޒަށް 40 އަހަރުފުރުން ފާހަގަކުރާ މުނާސަބަތާއި ގުޅިގެންނެވެ. އެ އިއުލާން ބާތިލުކުރަން އަންގައިފައިވި ނަމަވެސް 40 އަހަރުފުރުން ފާހަގަކުރާ މުނާސަބަތާއި ގުޅިގެން ދެން ކުރި އެއްވެސް އިއުލާނެއް ބާތިލުކުރާނެ ކަމަކަށް މިނިސްޓަރު ވިދާޅެެއް ނުވެ އެވެ.

ދެންހުރި އިއުލާންތަކުގެ ތެރޭގައި ހިމެނެނީ ގިޑިގެއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި، އިސްލާމީ މަރުކަޒުގެ ގަސްބުރުތައް ޒީނަތްތެރިކޮށްދޭނެ ފަރާތެއް ހޯދުމަށާއި އަދި އިސްލާމީ މަރުކަޒުގެ ގަސް އިންދާފައިވާ ދެ ޕާކު ޒީނަތްތެރިކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.