Advertisement

އާ ގަވާއިދުގެ ދަށުން ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ހުޅުވާލައިފި

2 އޮކްޓޯބަރު 2024 - 23:20 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ): އާ ގަވާއިދުގެ ދަށުން ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓާވާން ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު ފައިލް


އާ ގަވާއިދުގެ ދަށުން ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ހުޅުވާލައިފި

2 އޮކްޓޯބަރު 2024 - 23:20 0

ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.

އެމްއެމްއޭއިން ބުނީ ޓޫރިޒަމް ދާއިރާގައި މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކުން އާ ގަވާއިދުގެ ދަށުން އޮކްޓޯބަރު 31، ގެ ކުރިން އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.

އެމްއެމްއޭގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް ރަޖިސްޓްރޭޝަން ކުރިއަށް ގެންދަން ވަނީ އަންގާފަ އެވެ.

އެމްއެމްއޭއިން ބުނީ ރަޖިސްޓްރޭޝަންއަކީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމެއް ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން އެމްއެމްއޭއިން ބުނީ ރަޖިސްޓްރޭޝަންއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ، 3012121 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުމަށެވެ.

އިއްޔެ ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން، ޑޮލަރު މާރު ކުރަން ޖެހޭނީ ޓުއަރިސްޓުން އެ ފެސިލިޓީއަކަށް އަންނަ މިންވަރަކުންނެވެ. ރިސޯޓުތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖެހެ އެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަންޖެހެ އެވެ.

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ނިންމުން ބަދަލު ކުރުމަށް ވެސް ގޮވާލަމުންނެވެ.