Advertisement

މިއަދުގެ ހަބަރުތައް ކުރުކޮށް

2 އޮކްޓޯބަރު 2024 - 14:48 0

ބޭސް އުފުލުމަށް ގެނައި ޑްރޯންތަކެއް. އަދިވެސް މި ހިދުމަތް ފަށާފައި ނުވޭ --- ފޮޓޯ: އަދަދު ފައިލް


މިއަދުގެ ހަބަރުތައް ކުރުކޮށް

2 އޮކްޓޯބަރު 2024 - 14:48 0

މަދަނީ ބޭނުމަށް ޑްރޯން ދުއްވުމުގެ ގަވާއިދަށް ހިޔާލު ހޯދަން ހުޅުވާލުން

މަދަނީ ބޭނުންތަކަށް ޑްރޯން އޮޕަރޭޓް ކުރުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދަށް އާންމުންގެ ހިޔާލު ހޯދުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ހުޅުވާލައިފި އެވެ.

އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި މި ފުރުސަތު ނޮވެމްބަރު 15, ގެ ނިޔަލަށް އޮންނާނެ އެވެ. މި ގަވާއިދު އެކުލަވާލާފައިވަނީ ޑްރޯންއާ ބެހޭ ޔޫރަޕުގެ މަދަނި ގަވާއިދުތައް އަސްލަކަށް ބަލައިގެންނެވެ.

"މި ގަވާއިދުތަކުގެ މަގްސަދަކީ ސަލާމަތާއި, އަމާންކަމާއި އަދި ޒާތީ މަސްލަހަތަށް ފުށުނާރާނެ ގޮތަށް ޑްރޯން ދުއްވުމުގެ ފުރުސަތު ހުޅުވައިލުމާއި މުނިފޫހިފިލުވުމަށާއި އަދި ވިޔާފާރީގެ ބޭނުންތަކަށް ޑްރޯން ދުއްވަން ބޭނުންވާ ފަރާތްތަކަށް ފަހިމާހައުލެއް ގާއިމުކުރުން," އެ އޮތޯރިޓީން ބުނެފައިވެ އެވެ.

އިނގިރޭސި ހައިކޮމިޝަންގެ އެހީ ރާއްޖެއަށް

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގެ ފަރާތުން ހޯމްލޭންޑް މިނިސްޓްރީއަށް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް ފޯރުކޮށްދީފި އެވެ.

މިއީ އެ ކޮމިޝަނާއި އަލީނިއާ އިންޓަނޭޝަނަލް ގުޅިގެން ފޯރުކޮށްދިން ކިޓެކެވެ. މި ކިޓާ ހަވާލުވެވަޑައިގަތީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

"މި ޓޫލްކިޓަކީ ކްރައިސިސްތައް ފައިދާހުރި ގޮތެއްގައި މެނޭޖްކުރުމުގެ ގާބިލްކަން މިނިސްޓްރީގެ ކިބައިގައި އިތުރުކޮށް، ސާފު މުއާސަލާތު ކަށަވަރުކޮށްދީ، ކުއްލި ހާލަތްތަކުގައި ރައްދު ދިނުމުގެ ސްޓްރެޓެޖީތައް ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ޓޫލްކިޓެއް," އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އޮގަސްޓުގެ ނިޔަލަށް މާލީ އެހީ ފޯރުކޮށްދިން ދަރިވަރުންގެ އަދަދު ހާމަކުރުން

މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ސަރުކާރުގެ އެކި ސްކީމްތަކުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދިން ދަރިވަރުންގެ އަދަދާއި ހޭދަކޮށްފައިވާ ފައިސާގެ ތަފްސީލު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

އެގޮތުން, އޮގަސްޓުގެ ނިޔަލަށް 13,866 ދަރިވަރުންނަށް މާލީ އެހީ ވަނި ދީފަ އެވެ. އެއީ, ފުރަތަމަ ޑިގްރީ ސްކީމާއި, ސްޓޫޑެންޓް ލޯން އަދި ސްކޮލާޝިޕް ހިމެނޭ ގޮތަށެވެ.

އެހާތަނަށް 689,663,352ރ. ވަނީ ދަރިވަރުންގެ ކިޔެވުމަށް ހަރަދުކޮށްފަ އެވެ.