ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރު ނިންމައި ނެގި ޗުއްޓީއަށްފަހު ތިން ވަނަ ދައުރުގެ ޖަލްސާތައް އެއް ހަފްތާ ފަހުން ފެށިއިރު މިއަދުގެ ޖަލްސާ ކުރުކޮށްލައިފި އެވެ.
ހަތަރު މައްސަލައެއް ކަމާ ގުޅުންހުރި ކޮމިޓީތަކަށް ފޮނުވުމަށް ފަހު މަޖިލިސް ޖަލްސާ ވަނީ ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭ ނިންމާލާފަ އެވެ. މަޖިލީހުގެ ވޯޓުތައް ވެސް މިއަދު ހެނދުނު ނެގިއިރު މާލިއްޔަތު ކޮމިޓީން ހުށަހެޅި ތިން ރިޕޯޓެއް ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ ޖަލްސާތައް ފަށާއިރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުންނެވީ އިންޓަ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލެންޑުގެ ޖެނީވާގަ އެވެ.
އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި ހަދާފައިވާ މަސް ފެންގަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ތަން މަރާމާތު ކުރުމަށް އިއުލާނު ކުރި ނަމަވެސް ފަހުން އެ އިއުލާން ބާތިލުކުރި އެވެ. އެ މަސައްކަތާ ފަހުން ހަވާލުވީ ސްޓެލްކޯއިންނެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވަނީ އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މުންނާރާއި މަސް ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ބޭނުންކުރެވޭ ގޮތް ހަދާނެ ކަމަށެވެ.
މާލޭގައި ކެފޭ އުސޫލުން ޑްރަގު ވިއްކާ ތަނަކުން ފުލުހުން ދެ މީހުން ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ހައްޔަރުކުރީ މ. ރޫބީ، ހުސެއިން ނިޔާޒް، 35, އާއި މާލެ، ގ. ޕާކަރުހައުސް، އަބްދުﷲ ޖިނާހު، 28, އެވެ.
މި ދެ މީހުން ވެސް ހައްޔަރުކުރީ އެފަދަ ތަނެއްގެ ތެރެއިންނެވެ. އެއީ ކޮން ތަނެއްކަން ކޯޓު އަމުރަކުން އެނގެން ނެތެވެ.
އެ ތަނުން ޑްރަގު ފެނުނުއިރު ދެ މީހުންގެ ކުޑަކަމުދާ ތަކެތި ވެސް ޑްރަގަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
Comment