ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓު މަހަށްވުރެ ސެޕްޓެމްބަރު މަހުގައި ހިނގި ކުށްތައް މަދުވެއްޖެ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
އޭގެ މައިގަނޑު ސަބަބަކީ މަގުމައްޗަށް ނުކުމެ ހަރަކާތްތެރިވާ ފުލުހުންގެ އަދަދު ގިނަވުންކަން ފުލުހުން ބުނެ އެވެ. ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތައް ވެސް މަދުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އާދީއްތަ ދުވަހު ވިދާޅުވީ ފުލުހުންގެ އަމާޒަކީ، އާންމުންގެ މީހަކު މަގުމައްޗަށް ނުކުންނަތާ ފަސް މިނެޓުގެ ތެރޭގައި ފުލުހަކު ފެންނަ ވަރަށް މަގުމަތީގައި ފުލުހުން ގިނަ ކުރުން ކަމަށެވެ.
"މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާއެކު ފުލުހުންގެ ހިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި ކަނޑައަޅާފަ މިހާރު ވާނެ، ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނެޓު ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެ،" ޝުޖާއު ވިދާޅުވެފައިވެ އެވެ.
އެއްގަމު އުޅަނދުފަހަރުތަކުގެ ފީތަކާއި ޖޫރިމަނާތަކަށް މިހާރު ނަގަމުންދާ އަދަދުތައް އަލުން މުރާޖައު ކުރަން ސަރުކާރުން ނިންމައިފި އެވެ.
ފީތަކާއި ޖޫރިމަނާތަކަށް އަންނާނީ ކޮން ބަދަލެއްކަން ސަރުކާރުން ނުބުނެ އެވެ. މުރާޖައު ކުރުމުގެ ޕްރޮގްރާމުގެ ދަށުން އުޅަނދު ރަޖިސްޓްރޭޝަން ފީ، އަހަރީ ފީ އަދި އެހެނިހެން ޖޫރިމަނާތަކަށް ނަގާ އަދަދު ވެސް މުރާޖައު ކުރާނެ އެވެ.
"މި ނިންމުން ނިންމާފައިވަނީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނާއި ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ އަދަދުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހާލަތަށް ރިޢާޔަތްކޮށް އަލުން ބަލައިލަންޖެހޭ އަދަދުތަކެއް ކަމަށް ފެންނާތީ،" ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.
"ތްރޫ ދި އައިސް އޮފް ޕިކާސޯ" ގެ ނަމުގައި ނެޝަނަލް އާޓް ގެލަރީގައި މިއަދު މައުރަޒެއް ހުޅުވައިފި އެވެ.
މިއަދުން ފެށިގެން އޮކްޓޯބަރު 10، އާ ހަމައަށް މައުރަޒު ކުރިއަށްދަނެ ކަމަށް އެކަން އިންތިޒާމް ކުރާ މިއުސް އިން ބުނެ އެވެ. އެ މައުރަޒަކީ ކުރެހުން ދައްކާލުމުގެ ފުރުސަތު އެންމެނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މައުރަޒެކެވެ.
އެ މައުރަޒުގެ ތީމްއަކީ "އިންސްޕަޔާޑް ބައި ޕިކާސޯ" އެވެ. ޕަބްލޯ ޕިކާސޯއަކީ އިޓަލީގެ މަޝްހޫރު އަދި މިފަހުން އުފެދުނު އެންމެ މޮޅު އެއް ކުރެހުންތެރިޔާ އެވެ.
މައުރަޒުގެ ތެރެއިން އެންމެ މޮޅު ކުރެހުންތަކަށް ވަނަ ދޭނެ ކަމަށް މިއުސް އިން ބުނެ އެވެ. އަދި ވަނަތަކަށް ދާ ކުރެހުންތަކަށް ރަނގަޅު އިނާމުތަކެއް ވެސް ދޭނެ ކަމަށް މިއުސް އިން ބުނެ އެވެ.
އެ މައުރަޒު ހުޅުވައިދެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ. ޕިކޯސާގެ ސަބަބުން މޮޑަން އާޓްއަށް ލިބުނު ކުރިއެރުމާއި އިމްޕެކްޓުގެ މައްޗަށް އާޒިމް އަލިއަޅުވައިލެއްވި އެވެ.
Comment