Advertisement

ޖަލަށް ޑްރަގް ވެއްދި މައްސަލައިގެ ދައުވާ ލިބޭ ތިން އޮފިސަރަކު އިއުތިރާފާ އެއްބަސްވުމަކަށް

1 އޮކްޓޯބަރު 2024 - 11:12 0

މޫސާ ނާޝިއު

މޫސާ ނާޝިއު

މި މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުން. މީގެތެރެއިން ތިން މީހަކާއި އެކު ވަނީ އިއުތިރާފުގެ އެއްބަސްވުމަކަަށް އައިއްސަ---ފޮޓޯ:ސްނެޕްޝޮޓް


ޖަލަށް ޑްރަގް ވެއްދި މައްސަލައިގެ ދައުވާ ލިބޭ ތިން އޮފިސަރަކު އިއުތިރާފާ އެއްބަސްވުމަކަށް

1 އޮކްޓޯބަރު 2024 - 11:12 0

މާފުށި ޖަލުގައި ތިބި ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަ ކަމުގެ ތުހުމަތުގައި އޮގަސްޓު 23، ގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ ފަސް މީހުންގެ ތެރެއިން ތިން މީހަކާއި އެކީގައި އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި އެވެ.

ކުށުގެ އިއުތިރާފުގެ އެއްބަސްވުން ހެދީ އެ މައްސަލާގައި ދައުވާކޮށްފައިވާ ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް އާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲ ގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލީ އަސްފާގު އާ އެކުގަ އެވެ.

އެ ތިން މީހުންނަށް ދައުލަތުން ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމު ކުށުގެ ދައުވާ އެވެ.

އެ މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު އެވެ.

އެ މައްސަލައިގައި ދެން ދައުވާ ލިބޭ ދެ އޮޮފިސަރުންނާ އެކީ އަދި ކުށުގެ އިއުތިރާފު އެއްބަސްވުމެއް ނަހަދަ އެވެެ.

ނާޒިމް އާއި އަސްފާގުގެ ވަކީލު ޝަޒީމް ވަހީދު މިކަމާއި ގުޅިގެން ވިދާޅުވީ ބޭނުންވާ ލިއެކިއުންތައް ހަމަވުމުން ދިރާސާކުރުމަށްފަހު، ގޮތެ ތަހުގީގު މަރުހަލާގައި ހެދިފައިވާ އެއްބަސްވުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެެވެ.

އެ މައްސަލަ އާއި ގުޅިގެން އޮގަސްޓް 10، ގައި 13 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ބާކީ ތިބި އަށް މީހުންނަށް ބޭނުންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކުރުމަށް ޕީޖީން ނިންމާފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގުން އެނގޭ ގޮތުގައި އެ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވިދާޅުވި އެވެ. އެއް އޮފިސަރެއްގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، އެ ފައިސާ ޖަމާކޮށްފައި ވަނީ ކުދި އަދަދުތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.