Advertisement

ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ ކެބިނެޓަށް ގެނައި ފުރަތަމަ ބަދަލު

1 އޮކްޓޯބަރު 2024 - 05:58 0

އިއްޔެ އާ މަގާމާ ހަވާލުވެވަޑައިގެންނެވި މިނިސްޓަރުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ ކެބިނެޓަށް ގެނައި ފުރަތަމަ ބަދަލު

1 އޮކްޓޯބަރު 2024 - 05:58 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ މުހިއްމު މަގާމުތަކަކަށް އިއްޔެ ބަދަލު ގެންނެވި އެވެ.

ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އައްޔަން ކުރެއްވީ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ވެސް ގާތްގުޅުމެއް އޮތް ޒަމީރަކީ ޔާމީނުގެ ސަރުކާރުގެ އެންމެ ފަހުގެ ޓޫރިޒަމް މިނިސްޓަރެވެ.

ޒަމީރުގެ ބަދަލުގައި ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވީ ހެލްތު މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ހަލީލެވެ. އޭނާ، 18 ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރަކަށް ހުންނެވި އެވެ.

ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އެވެ. އޭނާ، ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމުން ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

ސަރުކާރުގެ މިނިސްޓަރީތަކަށް ބަދަލުތަކެއް ރައީސް މި ގެންނެވީ ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް މި ބަދަލުތަކާއި މާލީ ހާލަތާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޭނގެ އެވެ. މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ގެނައި ފުރަތަމަ ބަދަލެވެ.

މުހިއްމު ބައެއް ހަބަރު