Advertisement

ލަބޭރާ ބޮޑީބޯޑިން ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

30 ސެޕްޓެންބަރު 2024 - 14:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ލަބޭރާ ބޮޑީބޯޑިން ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

30 ސެޕްޓެންބަރު 2024 - 14:37 0

ލަބޭރާ ބޮޑީބޯޑިން ޗެލެންޖް 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މިއީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މި އަހަރު ބާއްވާ ދެވަނަ ގައުމީ މުބާރާތް ކަމަށްވާއިރު އެންމެ ފުރަތަމަ މި އަހަރު ބޭއްވީ ބުރުނު ޝިކާރަ ބޮޑީބޯޑިން ޗެލެންޖް 2024 އެވެ.

ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް، ނައިޔާ ޝަރީފް ވިދާޅުވީ ބޮޑީބޯޑިން އެސޯސިއޭޝަނަށް ސަޕޯޓުދީ، ލަބޭރާ ބޮޑީބޯޑިން ޗެލެންޖަށް އެހީތެރިވެދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ދިރާގުން އަބަދުވެސް ދާނީ ލޯކަލް އެތުލީޓުންނަށް ހުނަރު ދައްކާލުމަށް ޕްލެޓްފޯމްތައް ގާއިމުކޮށްދީ، ރަނގަޅު ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން،" ނައިޔާ ވިދާޅުވި އެވެ.

އެބީބީއޭގެ ރައީސް ހުސެއިން ނިޒާމް ވަނީ ދިރާގުން އެ އެސޯސިއޭޝަނަށާއި އެތުލީޓުން ކުރިއަރުވަން ކުރާ މަސައްކަތް ފާހަގަކޮށް، ޝުކުރު އަދާކޮށްފަ އެވެ.

ލަބޭރާ ބޮޑީބޯޑިން ޗެލެންޖް 2024 ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އޮކްޓޯބަރު 5، ގެ ނިޔަލަށް މާލޭ ވަރުނުލާ ރާޅުގަނޑުގަ އެވެ.