30 ސެޕްޓެންބަރު 2024 - 02:13 2
އަޒްލިފާ އަބްދުﷲ
އެމްޕީއެލްގެ ސީއީއޯ ވަޖީހު އާއި އޭނާ ދުއްވަން އެތެރެކުރި ކާރު
30 ސެޕްޓެންބަރު 2024 - 02:13 2
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ވަޖީހު ދުއްވަން އެތެރެކުރި ކާރަކާ އެ ކުންފުނިން ހަވާލު ނުވި މައްސަލައެއް ތިލަވެއްޖެ އެވެ.
ހުދު ކުލައިގެ "މަޒްޑާ 3" މަރުކާގެ އެ ކާރު ނޯތު ހާބަރުގައި ބާއްވާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
އެ ކާރާ އެމްޕީއެލްއިން ހަވާލު ނުވާ ކަމަށް އެ ކުންފުނީގެ ސީނިއާ އޮފިޝަލަކު ކަށަވަރުކޮށް ދިނެވެ. ނަމަވެސް ތަފުސީލެއް ނުދެއްވަ އެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ ކާރު އެތެރެކުރި ފަހުން، އެމްޕީއެލްއިން އެއާ ހަވާލު ނުވުމުން، އަދި ފައިސާ ވެސް ނުދެއްކުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ކާރު އެތެރެ ކުރި ކުންފުނިން ދަނީ ތައްޔާރު ވަމުންނެވެ.
އެ މުއާމަލާތުގެ މައުލޫމާތު އެނގޭ މީހަކު ބުނީ އެ ކާރު އެތެރެކޮށްފައި ވަނީ އަސްލު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށެވެ. އޭނާ ބުނި ގޮތުގައި ކާރު އެތެރެކުރީ 1.5 މިލިއަން ރުފިޔާ އަށެވެ.
ހަމަ އަގަށް ވުރެ ބޮޑުކޮށް ސަރުކާރުގެ ކުންފުނިތަކަށް މުދާ ހޯދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
11.11%
22.22%
55.56%
11.11%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހައްޕު
6 months ago
ބަންކަރިންގެ ވައްތަރެއް މިއީ... ކުރިއަށް އޮތްތަނުގައި ފުލައިޓެއްވެސް މިގޮތަށް ވައިގެ ބަނދަރަށް ޖައްސާފައޮއްވާ ފެންނާނީ.
ޖަންބެ
6 months ago
ތިކާތުގެ ވާހަކަ އަހަރެންވެސް އަޑުއެހިން އެވެދާނެ އަބޮދުއްރަހީމު އެތެރެ ކޮއްދިން ކަރަކައްވެސް
Comment