29 ސެޕްޓެންބަރު 2024 - 17:25 2
ލީވާން އަލީ ނާސިރު
މަސްވެރިންނަށް ދޭން ޖެހޭ ފަައިސާ ނުދީގެން އިހުތިޖާޖު ކުރުން: މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 17.35 މިލިއަން ރުފިޔާ ޖަމާ ކުރަން ވަނީ ފަށާފައި -- ފޮޓޯ: އަދަދު ފައިލް
29 ސެޕްޓެންބަރު 2024 - 17:25 2
މިފްކޯއަށް މަސްވެރިންނަށް ކިރާފައިވާ މަހަށް ދޭން ޖެހޭ 17،350،903ރ. މިއަދު ޖަމާކުރަން ފަށައިފި އެވެ.
މިފްކޯއިން ބުނީ އޯގަސްޓް 24، އިން ފެށިގެން ސެޕްޓެމްބަރު 25، ގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހެނީ 17.35 މިލިއަން ރުފިޔާ ކަމަށާއި އެ ފައިސާ އެއްކޮށް މިއަދު ޖަމާކޮށް ނިމޭނެ ކަމަށެވެ.
"މަސްވެރިންނަށް ފައިސާ ސަރުކާރުން މި ހަފްތާ ތެރޭގައި ޖަމާކޮށްދޭނެ ކަމަށް މިފްކޯއިން ބުނެފައިވޭ. ސަރުކާރުގެ އެހީތެރިކަމާއެކު މި ފައިސާ އެއްކޮށް އޮޑިވެރިންނަށް މިއަދު ޖަމާވެގެންދާނެ،" މިފްކޯއިން ބުންޏެވެ.
މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ދިގުލައިގެން ދިޔުމާ ގުޅިގެން ބައެއް ރަށްރަށުގައި އެކަމާ ދެކޮޅަށް އިހުތިޖާޖުތައް ވަނީ ކޮށްފަ އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ މިފްކޯއަށް ކިރާ މަހަށް ލަސްވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ވައުދުވެގެންނެވެ.
ނަމަވެސް މިފްކޯގެ ހާލަތު އޮތް ގޮތުން އެ ހިސާބަށް ވާސިލުވާން ދެ އަހަރުވަރު ނަގާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކުރިން ވިދާޅުވި އެވެ.
މިފްކޯއަށް ކިރާ މަހަށް ލަސްވެގެން ދެ ހަފްތާ ތެރޭގައި ފައިސާ ދެވޭނެ ކަމަށް ޝިޔާމް ކުރިން ވިދާޅުވި އެވެ. އެކަމަކު މިފަހަރު ވެސް ފައިސާ ދޫކުރީ މަހެއް ފަހުންނެވެ.
Comment